ކޮވިޑަށް ފައްސިވި މީހެއްގެ ޕްރައިމަރީ ކޮންޓެކްޓަކަށްވެ، މެމްބަރު އީސަ ހޯމް ކަރަންޓީނަށް!

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ކޮވިޑް-19ގެ ޕްރައިމަރީ ކޮންޓެކްޓަކަށްވެ ހޯމް ކަރަންޓީނަށް ދާން ޖެހިފައިވާ ކަމަށް މަޖިލީގު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.މަޖިލީޙުގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ޕްރައިމަރީ ކޮންޓެކްޓަކަށްވުމުގެ ސަބަބުން އިޖުތިމާއީ ކޮމިޓީގެ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ގޭގައި މަޑުކުރަން އަންގަވާފައިވާކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު އިއްޔެވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވެފައި ވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފެއްކަމަށް ޕީއެސްއެމްއަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އޭނާ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޮފީހަށް ނިކުމެފައިވެއެވެ.މީގެ ދުވަސްކޮޅެއް ކުރިންވެސް މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެފަހަރުވެސް ޕޮޒިޓިވްވި މުވައްޒަފުންނާއި، ކޮންޓެކްޓްވި މީހުން އެކަހެރިކޮށް މަޖިލިސް އިދާރާ ޑިސްއިންފެކްޓް ކުރުމަށްފަހު މަޖިލީހުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އިއްޔެގެ ކޭސް އާއި ގުޅިގެންވެސް މަޖިލީހުގެ އިދާރާ ވަނީ ޑިސްއިންފެކްޓްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.މަޖިލީހުގެ މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން ހުރިހާ މެމްބަރުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް މަޖިލީހުގެ ރައީސްވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ