ކުރިއަށް އޮތް ރޯދަ މަހު ހިލޭ ބަހާ މަސްދަޅުން 40ގ މަދު ނުވާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯ އިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުނި ނުވާނެ ކަމަށާއި ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
140g ބާޒާރަށް ނެރެފައިވަނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށާއި މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށް ވެސް މިފްކޯ އިން ބުނެފައިވެއެވެ.
ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ވަނީ ކޮންމެ ގޭބީސީ އަކަށް ހަނޑޫ އަދި ފުށް ދީފައެވެ.
ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށް މިފްކޯ އިން މީގެ ކުރިން ބުނެފައިވެއެވެ.
ރޯދައަށް ހިލޭ ބަހާ މަސް ދަޅުން 40ގ މަދެއް ނުވާނެ: މިފްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ