ނަބިއްޔާ ޞޢޥ ގެ ގަބުރުފުޅަށް ޒިޔާރަތްކުރާއިރު އެތަނުގެ ފާރުތަކާއި ދަގަނޑުތަކުގައި ބީހުމުގެ ޙުކުމް-

ނަބިއްޔާ (ޞޢޥ) ގެ ގަބުރުފުޅަށް ޒިޔާރަތްކުރާއިރު އެތަނުގެ ފާރުތަކާއި ދަގަނޑުތަކުގައި ބީހުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ 
ނަބިއްޔާ صلى الله عليه وسلم ގެ ގަބުރުފުޅަށް ޒިޔާރާތްކުރާއިރު ޝަރުޢުވެގެންވަނީ އެކަލޭގެފާނަށާއި އަބޫބަކުރުގެފާނަށާއި ޢުމަރުގެފާނަށް ސަލާމް ރައްދަކުރުމެވެ. އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި އެބޭކަލުންނަށް ތަބާވި ޞާލިޙު ބޭކަލުންނާ އަދި އިސްވެ ދިޔަ ޖީލުތަކުގެ އިމާމުން ޢަމަލުކުރައްވާފައިވަނީ އެފަދައިންނެވެ. ފަހެ އެތަނުގެ ފާރުތަކާއި އެތަނާގުޅިފައިވާ ތަކެތީގައި ބީހުމާމެދު ދަންނައެވެ. އެއީ މުސްލިމުންކޮށްގެންވާނޭ ކަންކަމެއް ނޫނެވެ. އަދި އެފަދައިން ޢަމަލުކުރުމަކީ އެއީ ބިދުޢައެކެވެ.
"ބައްލަވާ: فتاوى اللجنة الدائمة، المجموعة الثانية (1 / 160) رقم الفتوى: (17457)، السؤال الأول" 
- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ