މާލޭގޯތިތައް ހަދާނެ ފައިސާ ކަށަވަރު ކޮށްފި

މާލޭ ރައްޔިތުންނަށް ލިބޭ ގޯތިތައް ހެދުމަށް ބޭނުންވާ ފައިސާ ދިގު މުއްދަތުން 4 ޕަސެންޓް އިންޓްރެސްގައި އަދާ ކުރާގޮތަށް މެދުއިރުމަތީގެ ވަރުގަދަ ބޭންކަކުން ލިބޭގޮތް ސަރުކާރުން ކަށަވަރު ކޮށްފިއެވެ. 
މިކަމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރޭން އިކްއިޓީ ފައިސާ ދެއްކުމަށް ދަތިވާ ރައްޔިތުންގެ އިކްއިޓީ ކަށަވަރު ކޮށްދޭނީ ދައުލަތުގެ ޚާއްޞަ ސޮވެރިން ގެރެންޓީ އެއްގެ ދަށުން ކަމަށް މަޢުލޫމާތު ލިބެއެވެ. 
މި ފެސިލިޓީގެ ދަށުން ޢިމާރާތް ކުރުމުގެ ފައިސާ އެންމެ ފުރަތަމަ ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ގިރާވަރު ފަޅާ ގުޅި ފަޅުން ގޯތި ލިބުނު ފަރާތްތަކަށް ކަމަށް ވެއެވެ. އޭގެ ބޭނުމަކީ އެ ސަރަހައްދުގެ ޢިމާރާތްތައް އަވަހަށް ނިމުނު ވަރަކަށް ޑިމާންޑް ބޮޑުވެ ތިލަމާލެ ބްރިޖް ގިރާވަރާ ހަމައަށް ނިންމުގެ ސްޕީޑް އޭގެ ޒާތުން އަވަސް ވުމަށްޓަކައެވެ. 
އެނގިފައިވާ ގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތް ތަކުން އެތަންތަން ކުރެހުމަށް ކުރަން ޖެހޭ ޚަރަދު ވެސް މިސްކީމްގައި ހިމެނެއެވެ. 
އަދި މިކަން ވެސް އިންތިޒާމް ކުރެވެނީ ބިންވެރިޔާ ސްކީމް ފަދަ ކިއު ނުޖެހި އިތުރު ތަކްލީފް އުފުލަން ނުޖެހޭ ފަދަ ފަސޭހަ އޮންލައިން ޕޯޓަލްއެއް މެދުވެރި ކޮށެވެ. ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ކޮންމެ މާލޭގެ ރައްޔިތެއްގެ ގޯތީގެ ރަޖިސްޓްރީ އަކީ ތަފާތެއް ނެތި އެ ހުރިހާ ފަރާތްތަކަށް މި ސްކީމަށް ޝަރުތު ހަމަވާ އެންމެ މުހިންމު ޑޮކިއުމެންޓެވެ.
ތަރުތީބު ނުގެއްލި ފަސޭހަކަމާއެކު އިތުރު ލަސްވުމަކަށް ފުރުސަތު ނުދީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު އެންމެނަށް ގޯއްޗާއި އެގޯތީގައި އިމާރާތް ކުރުން އެންމެ އަވަހަށް ކަށަވަރު ކުރުމަށް ދެވަނަ ދައުރެއް ރައީސް ސޯލިހަށް ދިނުމުގެ މުހިންމުކަން ބޮޑުކަމަށް ގޯތިލިބުނު ގިނަ ފަރާތްތަކަުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ