ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާ ކޯލިޝަން ހެދުމުގެ ވިސްނުމެއް ނުގެންގުޅެން: އުމަރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާ ކޯލިޝަން ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މި މަހުގެ 9 ވަނަ ދުވަނު ބޭއްވި ރިޔާށީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ވަނީ 6،343 ވޯޓު ހޯއްދަވާފައެވެ. މި އިންތިހާބުގައި ހަތަރުވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީވެސް އުމަރު އެވެ.
ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާއެކު އުމަރު ކޯލިޝަން ހައްދަވާނަންތޯ މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުމަރު ވިދާޅުވީ "ނަތިން އިޒް ޝެޑިއުލްޑް" ކަމަށެވެ. އޭނާގެ އޮތީ ހަމައެކަނި "ޕްލޭން އޭ" ކަމަށާއި އިންތިހާބުގައި ކާމިޔާބުނުވި ނަމަވެސް، "ޕްލޭން ބީ" އާ މެދު ނުވިސްނަވާނެ ކަމަށް އުމަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަދި އެހެން ޕާޓީއަކާއެކު ކޯލިޝަން ހެދުމަށްވުރެ އޭނާ ކުރާ އަމިއްލަ ވިޔަފާރިކޮށްގެން އުޅުން މާރަނގަޅު ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.އަދި މީގެ އިތުރުން އިންތިހާބު ކާމިޔާބު ނުވުމުން މައި ޕާޓީތަކާ ގުޅޭ އުސޫލު ނުގެންގުޅުއްވާ ކަމަށްވެސް އުމަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ