ނޮވެމްބަރުމަހު އުމްރާއަށްދާ ހައްޖު ކޯޕަރޭޝަނުގެ އެންމެ ފަހު ގުރޫއްޕު ފުރައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ނޮވެމްބަރުމަހު އުމްރާއަށްދާ އެންމެފަހު ގްރޫޕް މިއަދު ހެނދުނު ފުރައިފިއެވެ.
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ނޮވެމްބަރުމަހު އުމްރާވުމަށް ދާ އުމްރާވެރިންގެ ފުރަތަމަ ގްރޫޕް ސައުދީއަށް ދިއުމަށް ސައުދީއެއާގައި ފުރާފައިވަނީ އިއްޔެއެވެ. އެއީ 42 އުމްރާވެރިންނެވެ. އެންމެ ފަހު ގްރޫޕް ފުރާފައިވަނީ މިއަދު ހެނދުނެވެ. މި ފްލައިޓުން 122 އުމްރާވެރިން ފުރާފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ދެ ފްލައިޓަކަށް ބަހާލައިގެން އުމްރާވެރިން ސައުދީއަށް ފުރާފައިވާއިރު، ހައްޖު ކޯޕަރޭޝަނުން ވަނީ އުމްރާވެރިންނަށް އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ ނިވެމްބަރު އުމްރާއަށް ވަޑައިގެންނެވި ފަރާތްތަކަށް 3 އުމްރާ ވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
ނޮވެމްބަރު އުމްރާއަށްދިޔަ އުމްރާވެރިން ފުރުމުގެ ކުރިން ވީއައިއޭ އައު ޓާމިނަލުގައި..
މީގެ އިތުރުން ކަނޑައެޅިފައިވާ ތަންތަނަށް ޒިޔާަރަތް ކުރުމުގެ ފުރުސަތުވެސް ހަމަޖެހިފައިވާނޭކަމަށެވެ. އޭގެ ތެރޭގައި ތޯއިފް ދަތުރާއި، މައްކާ އަދި މަދީނާއަށް ޒިޔާރަތްކޮށް ކުރުމަށް ތާވަލްކޮށްފައިވާ ދަތުރުތައް ހިމެނެއެވެ. އަދި އިތުރު ދަތުރެއް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ހަމަޖެހިފައިވާނޭކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ނޮވެމްބަރު އުމްރާއަށްދިޔަ އުމްރާވެރިން ފުރުމުގެ ކުރިން ވީއައިއޭ އައު ޓާމިނަލުގައި..
އުމްރާވެރިން ސައުދީއަށް ދިޔައިރު، ހައްޖު ކޯޕަރޭޝަނުގެ އެޑްވާންސްޓީމް ވަނީ ސައުދީއަށް ގޮސް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖައްސައި ނިންމާފައެވެ. އެގޮތުން ބަހުގެ އިންތިޒާމްތަކާއި ތިބޭ ހޮޓާތައް ހަމަޖެހި ނިމިފައިވާކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ