ހޯރަފުށީގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ގަދަވެފަ ވަނިކޮށް ސޯލިހް ހޯރަފުއްޓަށް!
ހޯރަފުށިގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ގަދަވެފަ ވަނިކޮށް ހޯރަފުށި ދާއިރާ އަށް 700 މިލިއަން ރުފިޔާގެ ތަރައްގީ ގެނެސް ދެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯރަފުއްޓަށް މިއަދު ވަޑައިގެންފި އެވެ. ނިމުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ފަސް އަހަރުތެރޭ ހއ. ހޯރަފުށި ދާއިރާއަކީ ބޮޑެތި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގާފައިވާ ދާއިރާއެކެވެ. އެގޮތުން ވައިގެ މަގުން ހޯރަފުށި ވެރިރަށާއި ގުޅުވާލި ހޯރަފުށީ އެއާޕޯޓް ޕްރޮޖެކްޓް ފާހަގަކޮށްލެވެ އެވެ. އަދި ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ފެށުނެވެ. ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް އަމަލީ މަސައްކަތް ފެށި އެވެ. ރަށުގައި އެޅި އެއާޕޯޓާއެކު ދާއިރާގެ އަދި މުޅި އުތުރުގެ އެތައް ބައެއްގެ ޖީބަށް ބުރަވެފައިއޮތް ތަކުލީފަށް ނިމުމެއް ގެނުވި އެވެ. ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ "ބޮޓްލިން ޕްލާންޓު ފެކްޓްރީއެއް" ހަދަން މުޅިން އާ އިމާރާތެއް އިމާރާތްކޮށް އެތަނަށް ބޭނުންވާ ސާމާނު ހޯދައިދީ ފެނަކަ އަށް އެމަސައްކަތް އަމަލީ ގޮތުން ހިންގަން ހަވާލުކުރި އެވެ. ނިމުނު އެމްޑީޕީގެ ސަރުކާރުގެ މެންބަރު ގޮތުގައި ހޯރަފުށި ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި އަހުމަދު ސަލީމް ވަނީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި މެންބަރުންނަށް ވާހަކަ ދެއްކެވުމަށް ދިން ފަހު ފުރުސަތުގައި އޭނާ ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.ސަލީމް ވިދާޅުވީ މެންބަރެއްގެ މައްޗަށް ކުރަން ލާޒިމުވާ ހުރިހާކަމެއް ވެސް ކުރީ ކުރެވުނު އެންމެ ފުރިހަމަކޮށް، ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށެވެ."ހަމަ ޔަގީނުން ވެސް ހާޒިރީއަށް ފަރުވާބަހައްޓަން އަޅުގަނޑު މަސައްކަތްކުރިން. ޔަގީނުން ވެސް ފަސް އަހަރު ތެރޭގައި އަމިއްލަ ކަމަކަށް އަޅުގަނޑު ޗުއްޓީއެއް ނުނަގަން. މަޖިލީހުގަ ނެތް ނަމަ އަޅުގަނޑު ހުންނާނީ ދާއިރާގެ މަސައްކަތުގެ ތެރޭގަ. ފަސް އަހަރު ތެރޭގަ ރައްޔިތުންނާ ގުޅޭ މަސައްކަތްތައް ކުރުމަށް 46 ފަހަރު އަޅުގަނޑު ދާއިރާއަށް ޒިޔާރާތްކުރިން،" ސަލީމް ވިދާޅުވި އެވެ. ރައީސް ސޯލިހު ހޯރަފުއްޓަށް މި ވަޑައިގަތީ މިރޭ އެ ރަށުގައި ބާއްވާ "ހޯރަފުށި ދުވަސް" ފާހަގަ ކުރުމުގެ ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށެވެ. އެމަނިކުފާނުގެ އަރިހުގައި އެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވެސް ބައިވެރިވަޑައިގަންނަވަ އެވެ.ސޯލިހު ހޯރަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށު ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހުން ހޯރަފުށީގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.އެގޮތުން ހޯރަފުށީގެ އުމްރާނީ ތަރައްގީ މަޑުޖެހިއްޖެ ކަމަށް ބުނެ މިފަހުން ހޯރަފުށީ ކައުންސިލަރެއް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.އިތުރަށް ކިޔާލަން: އިހަވަންދޫއަށް އަންނަ ތަރައްގީ ފެނި ހޯރަފުށީ ކައުންސިލަރެއްގެ މަރުހަބާ..!ތެދެކެވެ، ހޯރަފުށި ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ގަދަވެއްޖެ އެވެ. މިއީ ސަރުކާރުގެ ސިޔާސީ ވަޒީފާއެއްގައި ހުރި "މަދު މީހަކު" ފިޔަވާ މުޅި ދާއިރާގެ ރައްޔިތުންގެ ދުލުން މިހާރު އިވޭ އަޑެވެ. ލިބޭ ޗުއްޓީއެއްގައި ވެސް ދާއިރާ އަށް އައުން މަދު މީހަކަށް ފަހަރުގައި ރައްޔިތުންގެ މި މި އަޑު ނުއިވި ދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ