އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލަ: 4 މީހަކު ހައްޔަރު ކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ތެރެއިން ބޭންކު އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ފައިސާ ސޫޓް ކޭހެއް ފޭރިގަނެގެން ވަގުން ފިލި ލޯންޗު ހޯދައި، ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކަށް ވަޅިން ބިރުދައްކައި، ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފައިވާ މައްސަލައެއްް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ފަތިހުއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށެވެ.
އަދި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ގެއްލުނު ފައިސާގެ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް އިޙްސާން ހާމަކުރައްވާފައެއް ނުވެއެވެ.
އިޙްސާން ވަނީ މިކަމުގައި ހަލުވި ފިޔަވަޅުތަކެއް އެޅުއްވި ފުލުހުންނަށް ތައުރީފު ކުރައްވައި، ޝުކުރު އަދާކުރައްވައިފައެވެ.
ފުލުހުން މިއަދު ކުރިން ބުނީ، ވީއައިއޭގެ ޓާމިނަލް-1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއް ރޭ ފަތިހު 4:45 އެހާކަންހާއިރު، ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ