ހުލާސާކޮށް އިއްޔެ: އަންނަ އަހަރަށް އޮތީ ކޮރަޕްޝަން ހިންގުމަށް ހުށަހަޅާފައިވާ ބަޖެޓެއް ހުލާސާކޮށް އިއްޔެ: އަންނަ އަހަރަށް އޮތީ ކޮރަޕްޝަން ހިންގުމަށް ހުށަހަޅާފައިވާ ބަޖެޓެއް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު ކޮރަޕްޝަން ހިންގުމަށް އެކުލަވާލާފައިވާ، 'ކަޓު' ބަޖެޓެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އިއްޔެ ވިދާޅުވި އެވެ.
މިހާރު މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި މީކާއިލް މިފަދައިން ވިދާޅުވީ އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީ ދަށު ފަންތި އާއި މެދު ފަންތީގެ މުވައްޒަފުން ކަމަށް ވިދާޅުވެ މުއިއްޒު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
"މި ބަޖެޓަކީ ދިވެހި ރާއްޖޭގެ އެންމެ މަތީ ވެރިޔާ. ދިވެހި ރާއްޖޭގެ ވަލީއުލްއަމްރު، ކޮރަޕްޝަން ހިންގަވަން އުފައްދަވާފަ އޮތް ވަރަށް ކަޓު ބަޖެޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވޭ،" މީކާއިލް ވިދާޅުވި އެވެ.
އެގޮތުން، ބަޖެޓު އެކުލަވާލާފައިވަނީ ސީދާ މުއިއްޒު އަށް މަޝްރޫއުތަކުން ކަޓު ލިބޭނެހެން ވެރިކަން ކުރާ ޕީއެންސީގެ އިސްވެރިންނަށް މަޝްރޫއުތަކާއި ވަޒީފާތައް ބަހާލެވޭނެ ގޮތަކަށް ކަމަށް މީކާއިލް ތުހުމަތުކުރެއްވި އެވެ.
"އަމިއްލަފުޅު ޕާޓީގެ އިސް ބޭފުޅުންނަށް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް. އެހެން ގާތް ތިމާގެ ބޭފުޅުންނަށް، ވަޒީފާ އާއި ކުންފުނިތަކުން އެ ހުށަހަޅުއްވާ ބިޑުތައް ބައްސަވާލެއްވުމުގައި، ސިންގަލް ސޯސްކޮށް ބައްސަވާލެއްވުމުގަ މި ބަޖެޓަކީ ލާމަސީލު މިސާލެއް،" މީކާއީލް ވިދާޅުވި އެވެ.
މި ސަރުކާރުގެ ވެރިންނަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެ ތުހުމަތަކަށް ބެއްލެވުމެއްނެތި މެދު އަދި ދަށް ފަންތީގެ މުވައްޒަފުންގެ ބޮލުގައި މުއިއްޒު ކޮރަޕްޝަނުގެ ތުހުމަތު އިއްޔެ ބޭއްވި މި އަހަރުގެ ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ