ގައުމީ ކްލަބް ޗެސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން، އެއްވެސް މެޗަކުން ބަލިނުވެ، ކާސަލް ކްލަބް އެންޑް އެކަޑަމީން ހޯދައިފަ އެވެ.
ކްލަބް ޗެސް ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ، މިދިޔަ މަހުގެ 27 އިން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ޗެސް އާކޭޑް ގަ އެވެ. ކާސަލް އިން ތަށި އުފުލާލީ ނުވަ ރައުންޑުގެ މުބާރާތަކަށް ފަހު، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ.
މިއީ، ކާސަލް ޗެސް ކްލަބުން ގައުމީ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރު އެވެ. ކާސަލް ޗެސް ކުލަބުން ވަނީ، މި މުބާރާތް 2023 ގައިވެސް ކާމިޔާބުކޮށްފަ އެވެ.
އެ ގޮތުން، 2019 ވަނަ އަހަރުގެ ނެޝަނަލް ކްލަބް ޗެސް ޗެމްޕިއަންޝިޕުން ފެށިގެން ކާސަލް ޗެސް ކުލަބުން އަންނަނީ، ކޮންމެ އަހަރަކު ވެސް މި މުބާރާތުގެ އެއް ވަނަ ނޫނީ ދެ ވަނަ ހޯދަމުންނެވެ. ކާސަލް ޗެސް ޓީމުގައި ހަތަރު ކުޅުންތެރިން ހިމެނޭއިރު، ރާއްޖޭގެ މިހާރުގެ ޗެސް ގައުމީ ޓީމުގެ އެއް ކުޅުންތެރިޔަކު މި ޓީމުގައި ހިމެނެ އެވެ. އެހެން ކަމުން، މި ކުލަބަކީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެންމެ ވާދަވެރި އެއް ޗެސް ކުލަބް އެވެ.
މި އަހަރުގެ ކްލަބް ޗެމްޕިއަންޝިޕްގެ ދެ ވަނަ ހޯދީ، މިދިޔަ އަހަރު އަހަރު މި މުބާރާތް ކާމިޔާބުކުރި، ސްޓޯންވޯލް ޗެސް ކްލަބުންނެވެ. ސްޓޯންވޯލްގެ ފަސް ކުޅުންތެރިންގެ ތެރޭގައި، އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި، އޭގެ ކުރީ އަހަރުތަކުގައި ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެއްގެ އިތުރުން، މިހާރުގެ ރާއްޖޭގެ އަންހެން ޗެމްޕިއަން ހިމެނެ އެވެ.
އެ ގޮތުން، ސްޓޯންވޯލް އިން ވަނީ، ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކޮށްފަ އެވެ.
މި މުބާރާތުގެ ތިން ވަނަ ހޯދީ، ހުޅުމާލެ ޗެސް ކުލަބުންނެވެ.
މި ފަހަރުގެ ގައުމީ ގައުމީ ޗެސް ކްލަބް ޗެމްޕިއަންޝިޕްގައި ޖުމްލަ އެކު، 17 ކުލަބަކުން 84 ކުޅުންތެރިން ބައިވެރިވި އެވެ.
ގައުމީ ކްލަބް ޗެސް ޗެމްޕިއަންޝިޕްގެ ތަށި ކާސަލް ޗެސް ކްލަބަށް ގައުމީ ކްލަބް ޗެސް ޗެމްޕިއަންޝިޕްގެ ތަށި ކާސަލް ޗެސް ކްލަބަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ