ލޯކްލް ކައުންސިލް: އިންތިހާބަކާ ނުލާ ޕީއެންސީއަށް 28 ގޮނޑި ކާމިޔާބުވެއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 28 ގޮނޑި، އިންތިހާބާ ނުލާ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
މިއަދު އީލެކްޝަން ކޮމިޝަނުން ވަނީ އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާ، ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިއުލާނުކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، ދާއިރާތަކުން އިންތިހާބުވި ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކޮށްފައެވެ.
އެ ގޮތުން އިންތިހާބަކާ ނުލާ ޕީއެންސީ އަށް ކާމިޔާބުވެފައިވަނީ
މީގެ އިތުރުން މި އިންތިހާބުގައި އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޝުޖާއު އާދަމް، އއ. ބޮޑުފޮޅުދޫ / ނޫވިލު ކާމިޔާބުކޮށްފައިވާއިރު ރ. ކިނޮޅަސް ކައުންސިލްގެ މެންބަރު އަދާލަތު ޕާޓީގެ ކެންޑިޑޭޓް، ހަސަން ޝުއައިބު، ރ. ކިނޮޅަސް / ވިނަވި ވަނީ ކާމިޔާބުކޮށްފައެވެ.
މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓަކުވެސް ވަނީ އިންތިހާބާ ނުލާ ހޮވިފައެވެ. އެގޮތުން އިންތިހާބާ ނުލާ ހޮވިފައިވަނީ އދ. ހަންޏާމީދޫ ކައުންސިލްގެ މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، މުހައްމަދު ޔާސިރު، އދ. ހަންޏާމީދޫ / ބްލޫސްޓާ އަދި ށ. މަރޮށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ނުހާ އަލީ ޒާހިރު، ށ. މަރޮށި / އޯޒޯން ވަނީ އިންތިހާބުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ