ލިވަޕޫލް (ޖެނުއަރީ 13) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުގައި ބާންސްލީ އަތުން 4-1 އިން މޮޅުވެ، ލިވަޕޫލުން މުބާރާތުގެ އަނެއް ބުރަށް ދަތުރުކޮށްފި އެވެ.
އިނގިރޭސި ތިން ވަނަ ޑިވިޝަނުގައި ކުޅޭ ބާންސްލީ ބަލިކޮށް އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ލިވަޕޫލުން ކުޅެން ޖެހޭނީ ބްރައިޓަންއާ އެވެ. ބްރައިޓަން އިން ހަތަރު ވަނަ ބުރަށް ދަތުރުކުރީ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފަ އެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި ރޭ ނުވަ ވަނަ މިނިޓްގައި ބާންސްލީ ކޮޅަށް ލަނޑު ޖަހައި، ލިވަޕޫލަށް ލީޑުނަގައިދިނީ ޑޮމިނިކް ސޮބޯސްލާއި އެވެ. އޭރިއާބޭރުން އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މެޗުގެ 36 ވަނަ މިނިޓްގައި ލިވަޕޫލްގެ ޖެރެމީ ފްރިމްޕޮން ވަނީ އޭރިއާތެރެއިން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ދެ ވަނަ ގޯލު ޖަހައިގަ އެވެ.
އެކަމަކު، އޭގެ ހަތަރު މިނިޓް ފަހުން، ސޮބޯސްލާއި އަމިއްލަ އޭރިއާތެރެއިން ފަރުވާކުޑަކޮށްލައި، ގެއްލުވާލި ބޯޅައެއް ހޯދައި، ބާންސްލީގެ އެޑަމް ފިލިޕްސް ގޯލެއް ޖެހި އެވެ.
ލިވަޕޫލުން މެޗުގައި ފަހު ދެ ގޯލު ޖެހީ ފަހު 10 މިނިޓް ތެރޭގަ އެެވެ. އެ ގޮތުން، 84 ވަނަ މިނިޓްގައި ފްލޯރިއަން ވާޓްޒް ވަނީ، ހޫގޯ އެކިޓީކޭ ދިން ބޯޅައަކުން އޭރިއާ ރޮނގުުކައިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އަދި، އިތުރު ވަގުތުގެ ތެރޭގައި ވާޓްޒް ދިން ބޯޅައަކުން އެކިޓީކޭ ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.
ލިވަޕޫލުން އެފްއޭ ކަޕްގެ އަނެއް ބުރަށް ދަތުރުކޮށްފި ލިވަޕޫލުން އެފްއޭ ކަޕްގެ އަނެއް ބުރަށް ދަތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ