ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރު ކޮށްފި އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭ މައްޗަންގޮޅި ގެއެއް ބަލައި ފާސްކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މއ. ނިއުޔޯކްހައުސް / މާލެ، މުޙައްމަދު ޖިނާހް އިބްރާހީމް (26އ) ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެ އެވެ. އަނެއް މީހާ، ޝަރުތު ކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ވަނީ ޖިނާހްގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ.
ގިނަ އަދަދެއްގެ ޑްރަގާއެކު ދެ މީހަކު ހައްޔަރު، އެކަކު ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ