ރާއްޖޭގައި ބިދޭސީންގެ އާބާދީ އިތުރުވުން އަދި އޮތީ ކުރިއަށް!

ކުރިއަށްއޮތް 10 އަހަރު ފަހުންވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އާބާދީ އިތުރުވަމުންދާނޭކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ތައްޔާރުކުރި ރިޕޯޓަކުން ދައްކައިފިއެވެ.
ޤައުމީ ތަފާސްހިސާބާ ބެހޭ އިދާރާއިން ނެރުނު އާބާދީ އަންދާޒާ ރިޕޯތްގައި ބުނެފައިވަނީ، އަންނަ އަހަރު ނިމޭއިރު ރާއްޖޭގައި މަސައްކަތްކުރާ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންގެ އަދަދު އިތުރުވާނޭކަމަށެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ކޮންމެ 5 މީހަކުން 2 މީހަކީ ބިދޭސީންކަމަށް ރިޕޯތްގައި ވަނީ ބުނެފައެވެ. މި ރިޕޯޓުން ދައްކާގޮތުގައި ކުރިއަށްއޮތް 10 އަހަރާއި އަދި އޭގެ ފަހުންވެސް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަާބާދީ ދާނީ އިތުރުވަމުންނެވެ. 
މި ރިޕޯޓުން ދައްކާގޮތުން އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ އާބާދީގައި 678،024 މީހުން އުޅޭއިރު، މީގެ ތެރެއިން ދިވެހިންގެ އަދަދަކަށް ވާނޭކަމަށް ލަފާކުރެވެނީ 414،679 އެވެ. އަދި ބިދޭސީންގެ ގޮތުގައި 263،345 މީހުން ތިބޭނެއެވެ.
ރިޕޯޓްގައި ބުނާގޮތުން 20،62 ވަނަ އަހަރުގެ ހިސާބުގައި ރާއްޖޭގެ އާބާދީގައި 678،026 މީހުން އުޅޭއިރު، އޭގެ ތެރެއިން ދިވެހިންގެ އަދަދު 414،679 އަށް އަރާއިރު، ބިދޭސީންގެ އަދަދު 263،345 އަށް އަރާނޭކަމަށް ވަނީ ލަފާކޮށްފައެވެ. 
މި ރިޕޯޓުން ދައްކިގޮތުގައި އެކި އުމުރުފުރާތަކުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދުވެސް އަހަރަކަށްވުރެ އަހަރެއް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2022 ވަނަ އަހަރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ނިސްބަތް 30 އިންސައްތައިގަ ހުރިއިރު، ކުރިއަށްއޮތް 40 އަހަރުގެ ތެރޭގައި އެ އަދަދު 39 އިންސައްތައަށް އުފުލިގެންދާނެއެވެ. ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް  ބަލާއިރު 2050 ވަނަ އަހަރަށްފަހު، އަހަރަކު 1،000 މީހުން އަހަރެއްގެ ތެރޭގައި މަދުވާނޭކަމަށްވެސް މި ރިޕޯޓުން ދައްކައެވެ. 
ރާއްޖޭގެ އާބާދީ ދަށްވަމުންދާއިރު، މީގެ މައިގަނޑު ސަބަބެއްކަމަށް އިއްތިފާގުވަނީ ބޯހިޔާވަހިކަމުގެ މައްސަލަ އާއި ދިރިއުޅުމުގެ ހަރަދުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ މައްސަލަކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ