މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތުވެއްޖެ، 100 އަހަރަށްވުރެ ބޮޑު ހުކުމެއް އަތުވެދާނެ

ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިއަދު 94 ދައުވާ ސާބިތުވެއްޖެއެވެ. ކޭޕާކު މައްސަލައިގައި މަންޑޭއާ ދެކޮޅަށް 100 އަށްވުރެ ގިނަ ދައުވާކޮށް، މިދިޔަ އަހަރުގެ ޖުލައި 30ގައި އެ މައްސަލައިގައި ޝަރީއަތްވަނީ ފަށައިފައެވެ. އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމަށް މަންޑޭ ހާޒިރުވެފައިނުވެއެވެ. އެހެންވެ، އޭނާ ހޯދައިދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއް ނެރުނެވެ. އޭގެ ފަހުން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރޭ އެ މުއައްސަސާއިން ވަނީ ބުނެފައެވެ. އެ މައްސަލައިގައި މަންޑޭގެ މައްޗަށް މިއަދު ދައުވާތައް ސާބިތުވެފައިވާއިރު، އޭނާއަށް ހުކުމް ކުރުން އޮންނާނީ އަންގާރަ ދުވަހު ކަމަށް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވިއެވެ. މަންޑޭގެ މައްޗަށް ސާބިތުވެފައިވާ ދައުވާތަކުން އޭނާގެ މައްޗަށް 100 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ތަފުސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ