އެލް ސްޓޫޑިއޯއިން އެޕަލް ވޮޗު ގަނެގެން އުރީދޫ އީ-ސިމް 6 މަހަށް ހިލޭ

އެލް ސްޓޫޑިއޯއާ ގުޅިގެން އުރީދޫން ކުރިއަށްގެންދާ އެޕަލް ވޮޗް އީ-ސިމް ޕްރޮމޯޝަންގެ ފައިދާ ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އުރީދޫން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަންގެ ދަށުން، އެލް ސްޓޫޑިއޯ ފިހާރައިން އެޕަލް ވޮޗުގެ ކަނޑައެޅޭ މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް، އިތުރު ހަރަދަކާ ނުލާ ހަ މަސްދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބޭނެ އެވެ.
މި ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ އެލް ސްޓޫޑިއޯ ފިހާރައިން ގަންނަ އެޕަލް ވޮޗުތަކަށެވެ. ހަ މަސްދުވަހުގެ ހިލޭ ހިދުމަތަށް ފަހު، ކަސްޓަމަރުންނަށް މަހަކު 199ރ.އަށް މި ހިދުމަތް ކުރިއަށް ގެންދެވޭނެ އެވެ.
ތަފްސީލް - މި ހިދުމަތަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާތީ، ވީހާ ވެސް އަވަހަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އުރީދޫން އިލްތިމާސްކުރެ އެވެ. މި ހިދުމަތުގެ ސަބަބުން އައިފޯނު ކައިރީގައި ނެތި ވެސް، އެޕަލް ވޮޗު މެދުވެރިކޮށް ގުޅުމާއި މެސެޖު ކުރުމާއި މިއުޒިކް އަޑުއެހުމާއި ނޮޓިފިކޭޝަންތައް ބެލުމުގެ އިތުރުން އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފަރުމާކޮށްފައިވާ އެޕަލް ވޮޗުގެ އީ-ސިމް ޓެކްނޮލޮޖީއަކީ ކަސްޓަމަރުންގެ މަސައްކަތްތަކާއި ކަސްރަތު ކުރުމާއި ދަތުރުފަތުރު ކުރުމުގައި އިތުރު ފަސޭހަތަކެއް ގެނެސްދޭ، މިނިވަންކަމާ އެކު ބޭނުންކުރެވޭނެ ހިދުމަތެކެވެ.
އެނގުން މުހިންމު - ރާއްޖޭގައި އެޕަލް ވެއަރަބަލް ކަނެކްޓިވިޓީ ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ އެވެ. މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ތަޖުރިބާތައް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ