ޓްރޭޑް ޔޫނިއަން ހަޅުތާލުގެ ސަބަބުން ކެރެލާ ހުއްޓުމަކަށް

އިންޑިއާ ސަރުކާރުން ތައާރަފްކުރި ލޭބާ އަދި އިގްތިސާދީ އިސްލާހުތަކުގެ ސިލްސިލާއާ ދެކޮޅަށް 'ބާރަތު ބަންދް' ގެ ނަމުގައި ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެން, ދިވެހީން އާއްމުކޮށް ގޮސް އުޅޭ, މުޅި ކެރެލާ ހުއްޓުމަށް އައިސްފިއެވެ. މި މުޒާހަރާ ކުރަނީ ބޮޑެތި ޓްރޭޑް ޔޫނިއަންތަކާއި ދަނޑުވެރިންގެ ޖަމިއްޔާތަކުގެ ކޯލިޝަނަކުންނެވެ. މުޒާހަރާތަކާ ގުޅިގެން އިއްޔެ ކެރެލާ ސްޓޭޓްގެ ފިހާރަތަކާއި މާރުކޭޓްތަކާއި އޮފީސްތަކާއި ތައުލީމީ މުއައްސަސާތައް ބަންދުކޮށް އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ބުރޫއެރިއެވެ. އިއްޔެ ފަތިހުން ފެށިގެން އާންމު ބަސްތަކާއި އަމިއްލަ ބަސް ދަތުރުތައް ހުއްޓި, އޮޓޯރިކްޝާތަކާއި ޓެކްސީތައް ވެސް ހުރީ ޕާކްކޮށްފައެވެ. އާންމު ދަތުރުފަތުރު ހުއްޓުމަކަށް އަައުމުން އެތައް ސަތޭކަ ފަސިންޖަރުންނެއް ރޭލު ސްޓޭޝަންތަކާއި ޓާމިނަލްތަކުގައި ތާށިވިއެވެ. ޓްރޭޑް ޔޫނިއަންތަކުން ގޮވާލަނީ ލޭބާ އަދި އިގްތިސާދީ އިސްލާހުތައް ގެނައުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށެވެ. އެ އިސްލާހުތަކުގެ ސަބަބުން މަސައްކަތްތެރިންގެ ހައްގުތައް ހަނިވެ، އެ މީހުންގެ ރައްކާތެރިކަން ކުޑަވާ ކަމަށް ޔޫނިއަންތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ