ކްރިމިނަލް ކޯޓުގެ އަންދާޒާއެއް: ވާނުވާ ބަންދުތައް ދިގުލައިގެން ދިޔުމުގެ މައްސަލަ، މި އަހަރު ހައްލުވާނެ
ވާނުވާ ބަންދުގެ މައްސަލަތައް ދިގުލައިގެން ދިޔުމުގެ މައްސަލަ، މި އަހަރު ނިމޭއިރު ހައްލުވާނެ ކަމަށް ކްރިމިނަލް ކޯޓުން އަންދާޒާކޮށްފިއެވެ. ކްރިމިނަލް ކޯޓުން އާންމުކުރި، މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގައި ވަނީ، ޖާގައިގެ ދަތިކަމުގެ ސަބަބުން ކޯޓުގެ މައްސަލަތަކަށް ބުރޫ އަރައިފައި ވަނިކޮށް، މިދިޔަ އަހަރު އައު އިމާރާތަކަށް މަސައްކަތްތައް ބަދަލުކުރުމުން މަސައްކަތުގެ ދުވެލި އަވަސްވެފައިވާ ކަމަށެވެ. އެ ތަފާސްހިސާބުގައިވަނީ، އެ ކޯޓުން މިދިޔަ އަހަރު 2،622 މީހުންގެ ބަންދާމެދު ގޮތް ނިންމައިފައިވާ ކަމަށާއި އެވަރެޖުކޮށް، މަހަކަށް އެ ކޯޓުން، 218 މީހުންގެ ބަންދާ މެދު ގޮތް ނިންމާފައެވެ. ކްރިމިނަލް ކޯޓުން ބުނީ، މިދިޔަ އަހަރު ފެށުނުއިރު، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި 272 މީހުން ތިބި ކަމަށެވެ. އެ މީހުންގެ ތެރެއިން، މި އަހަރު ނިމުނުއިރު، ތިބީ 128 މީހުން ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން އެނގެއެވެ. އެ ކޯޓުން ބުނީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތައް މި އަހަރު ނިންމުމަކީ، ކުރެވޭ އުންމީދީ އަންދާޒާއެއް ކަމަށެވެ. ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ ކޯޓުން ވަނީ، މި އަހަރު ނިމޭއިރު، ވާނުވާ ބަންދުގެ މައްސަލަ ހައްލުވާނެ ކަމަށް އަންދާޒާކޮށްފައި --- ފޮޓޯ: ރައީސް އޮފީސް އޭގެއިތުރަށް، ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ދިގުލައިގެން ދިޔުމުގެ މައްސަލަ، މި އަހަރުގެ ތެރޭގައި ހައްލުވާނެ ކަމަށް ތަފާސްހިސާބުތަކާ ހަވާލާދީ، އެ ކޯޓުން ވަނީ ބުނެފައެވެ. 2026 ވަނަ އަހަރު ފެށުނުއިރު، ބަންދުގައި ތިބި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް 2026 ވަނަ އަހަރު ނިމޭއިރު، ބަންދުގައި ނުހުންނާނެ ކަމީ ކޯޓުގެ މަސައްކަތުގެ ދުވެއްޔާއި ކޯޓުގެ އަމާޒަށް ބަލާއިރު، ހާސިލުވާނެ ލަނޑުދަނޑިއެއް ކަމާމެދު ޝައްކެއް ނެތްކްރިމިނަލް ކޯޓު ކްރިމިނަލް ކޯޓުން އެފަދައިން އަންދާޒާކުރިއިރު، މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާތައް އަންނަ މާރިޗު މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/215658 އެޓާނީ ޖެނެރަލް އަހުމަދު އުޝާމާ ހަވާލާދެއްވައި އެ މަނިކުފާނު ވިދާޅުވީ، ވާނުވާގައި ތިބި އިތުރު މީހުންގެ މައްސަލަތައް ވެސް އެއަށް ފަހުގައި ކުރިއަށް ދާނެ ކަމަށެވެ. އޭގެ އިތުރަށް، މި މައްސަލަތައް ސަރުކާރުގެ ތެރެއިން ކުރެވެން އޮތް އެންމެ ރަނގަޅަކަށް އޭޖީ ކުރައްވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ވާހަކައާ ގުޅިގެން ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވަނީ، އެކި ކުށްކުށުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ، ނުވަތަ "ވާނުވާ"ގެ މައްސަލަ އަންނަ މާޗް މަހުގެ ނިޔަލަށް ހައްލުކުރުމަށްޓަކައި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން އެވަރެޖްކޮށް މަހަކު 52 މައްސަލަ ނިންމަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ