އެމްޑީޕީ ކެންޑިޑޭޓުންގެ ނިޝާނަކީ ތިލަފަތް: ޝާހިދު

އެމްޑީޕީ ކެންޑިޑޭޓުންގެ ނިޝާނަކީ ތިލަފަތް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.ހޯރަފުށިން އަންނަ ކައުންސިލް އިންތިހާބުގައި އެ ޕާޓީން ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި ބައްދަލުކުރައްވާ ޝާހިދު ވިދާޅުވީ އެމްޑީޕީ ކެންޑިޑޭޓުންގެ ނިޝާނަކީ ތިލަފަތް ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓުންނެއް އެނޫން ގޮތަކަށް ނުތިބޭނެ ކަމަށެވެ. "ވޯޓު ކަރުދާސްކޮޅުގައި ތިލަފަތަށް ވޯޓުދެއްވާ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވާ." ޝާހިދު ވިދާޅުވި އެވެ.ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ލޯންޗުކުރުމަށް ފަހު އެމްޑީޕީން އަންނަނީ އަތޮޅުތެރޭގެ އެކި ރާށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާ މިދަތުރުފުޅުގައި ޒިޔާރަތްކުރައްވާ ރަށްރަށުގައި ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.އޭގެ އިތުރުން ކެންޑިޑޭޓުންނާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ