ރޯދަމަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އޯވާޓައިމް ފައިސާ ދޭ އުސޫލު ހަރުކަށިކޮށްފައި އޮތުމުން ކުރިމަތިވި ފާޑުކިޔުންތަކާ އެކު އެ އުސޫލު ބަދަލުކޮށް މީގެ ކުރިންވެސް ރޯދަމަހު އޯވަޓައިމް ފައިސާ ދިން އުސޫލަށް އަމަލު ކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރޯދަމަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް އޯވާޓައިމް ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން ކަމަށް ބުނެ ރޯދަމަސް ފެށުމުގެ ކުރިން ވަނީ ސާކިއުލާއެއް ނެރެފަ އެވެ. އެ ނިންމުމަށް މުވައްޒަފުންނާއި އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.
ތަފްސީލް- ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރާނީ އެ ޑިޕާޓުމެންޓުން ކަނޑައަޅާ ޑިއުޓީ ރޯސްޓާއާ އެއްގޮތަށް ކަމަށާއި އެހެން މަސްމަހެކޭ އެއްގޮތަށް ޑިއުޓީ އަދާކުރާ މުވައްޒަފުންނަށް ރޯދަ މަހު ވެސް އޯވަޓައިމް ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ ނަމަ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ. އެގޮތުން:
ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް ހުންނަ ގޮތުން ދުވާލަކު 5 ގަޑިއިރަށް ވުރެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހޭ
48 ގަޑިއިރު ހަމަވުމުން ނޫނީ ރޯދަ މަހު ވެސް އޯވަޓައިމް ނުލިބޭ ގޮތަށް އޮތުމުން އަމާޒުވި ފާޑުކިޔުންތަކާ އެކު ސާކިއުލާ ވަނީ މިހާރު މުރާޖައާކޮށްފައި
އެއާ އެކު ކުރިން ވެސް ރޯދަމަހު އޯވާޓައިމް ދެމުން އައި އުސޫލާ އެއްގޮތަށް 5 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން އޯވާޓައިމް ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފައި
އެމްއޭސީއެލް އިން މުވައްޒަފުންނަށް ފޮނުވި އާ ސާކިއުލާގައި ބުނީ ރޯދަމަހުގެ ފަހު 10އަކީ ޝިފްޓު ޑިއުޓީ ނޫން މަގާމުތަކުގައި އުޅޭ މުވައްޒަފުންނަށް ބަންދު ދުވަސްތަކެއް ކަމަށެވެ. ނަމަވެސް މަސައްކަތް ހުންނަގޮތުން ބައެއް މުވައްޒަފުން އޮފީހަށް ނިކުންނަށް ޖެހިދާނެ ކަމަށާއި އެ މުވައްޒަފުންނަށް ކުންފުނީގެ އުސޫލުތަކުގެ ދަށުން ހާފް ޕޭ އެލަވެންސް ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފާޑުކިޔުންތަކާ އެކު އެމްއޭސީއެލްގެ ރޯދަ އޯޓީ ފަސޭހަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ