އަގީލް ބެންކޮކުން ހައްޔަރުކޮށްފި

ފީފާ އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވި ފައިސާ ލޯންޑާކުރަން އެހީތެރިވި މައްސަލައިގެ ތުހުމަތުވާ މުހައްމަދު އަގީލް، ފިލައިގެން ރާއްޖޭން ބޭރުގައި އުޅެނިކޮށް، ރެޑް ނޯޓިސް ނެރެ، ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި އެވެ.
އެފްއޭއެމްގެ ފައިސާ އަށް ހިޔާނަތްތެރިވި މައްސަލައިގައި އެތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޝަރީއަތަށް، އަގީލް ހައްޔަރުކޮށްގެން ހާޒިރު ކުރަން ވެސް ކުރިން އަމުރުކޮށްފައިވެ އެވެ.
ނަމަވެސް އޭނަ ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފަ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި 32 އަހަރަށް ޖަލަށްލާން ބައްސާމްގެ މައްޗަށް ހުކުމް ކޮށްފައިވާ އިރު، އަގީލްގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ. އޭނަގެ މައްޗަށް ދައުވާކޮށްފައި ވަނީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.
އަގީލަކީ ވަނީ މީގެ ކުރިން ބައްސާމްގެ މައްސަލައިގައި ހެކިބަސް ވެސް ދީފައިވާ މީހެކެވެ. އެގޮތުން އެވެ. ޝަރީއަތުގައި ހެކިބަސް ދެމުން އޭނަވަނީ މަހަކު 5،000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ