ފަތުރުވެރިން މަދުން އައުމުން ހިންގަން ދަތިވާ ރިސޯޓުތަކަށް ބީއެމްއެލްގެ ފެސިލިޓީތައް ދެނީ
މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން، ފަތުރުވެރިން މަދުން އައުމުން ހިންގުމަށް ދަތިވެފައިވާ ރިސޯޓުތަކަށް ގައުމީ ބޭންކު، ބީއެމްއެލްއިން ފައިނޭންޝަލް ފެސިލިޓީ ފޯރުކޮށްދެމުން އަންނަކަން ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް މިއަދު ހާމަކުރައްވައިފިއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވަފާއިވާ މިނިސްޓަރުންގެ ޚާއްސަ ކޮމިޓީން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ތާރިގު ވިދާޅުވީ، ރިސޯޓުތަކަށް އަންނަ ފަތުރުވެރިން މަދުވުމުން އެ ތަންތަން ހިންގުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއެކު މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، މިހާރު ހިންގުމަށް ދަތިވެފައި ހުރި ރިސޯޓުތަކަށް މާލީ އެހީ ދިނުމަށް ބޭންކުތަކާ ވާހަކަދެއްކުމަށް މަޓީން އެދުނު ކަމަށް ތާރިގު ވިދާޅުވިއެވެ. މިނިސްޓަރު ތޯރިގް: ވިދާޅުވީ، ފަތުރުވެރިން މަދުން އައުމުން ހިންގަން ދަތިވާ ރިސޯޓުތަކަށް ބީއެމްއެލްއިން މާލީ އެހީ ދޭ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް އަޅުގަނޑުމެން ބީއެމްއެލްއާ ވެސް ވާހަކަދައްކައިފިން. އޮޕަރޭޝަނަށް ދަތިވާ [ރިސޯޓުތަކަށް] އެކި ކަހަލަ ފެސިލިޓީސް ފޯރުކޮށްދޭން ބީއެމްއެލްއިން ތައްޔާރަށް ތިބީ. އަދި މިހާރު ވެސް އެ މަސައްކަތް ކުރެވެމުން އެބަދޭޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގައި ކުރާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައެވެ. ތާރިގު މިއަދު ވިދާޅުވި ގޮތުގައި، މިދިޔަ މަހު 28އިން އިއްޔެއާ ހަމައަށް 496 ފުލައިޓު ވަނީ ކެންސަލްވެފައެވެ. ނަމަވެސް، ފުލައިޓުތައް އަންނަ މިންވަރު އިތުރުކޮށް، އާ އެއާލައިންތަކާ އެކު އެއްބަސްވުންތައް ހެދުމަށް މަސައްކަތްކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، އިތިއޯޕިއަން އެއާލައިނާ އެއްކޮށް ސޮއިކޮށް، ދަތުރުތައް ފަށަން ތައްޔާރުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. https://sun.mv/219595 ފަތުރުވެރިކަމުގެ ސިނާޢަތުގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، މި ދަތިތަކުން އަރައިގަތުމަށް މަދުވެގެން ދެތިން މަސްދުވަސް ނަގާނެއެވެ. އެހެންކަމުން، މި ވަގުތު އެންމެ މުހިންމީ ސަރުކާރާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި އަދި ދަތުރުކުރަން ފަސޭހަ މަންޒިލެއްކަން ބޭރު ދުނިޔެއަށް ސާބިތުކޮށްދިނުމަށް މަސައްކަތްކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ