ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން (ވީއެމްސީ) ދުނިޔޭގެ މަޝްހޫރު ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ބޮޑު އިޝްތިހާރު ކެމްޕޭނެއް ފަށައިފިއެވެ.
"ސީޒޭޝަނަލް ސަމަރ" ގެ ނަމުގައި ކުރިއަށްގެންދާ މި ޑިޖިޓަލް ކެމްޕޭނަކީ، ކުރިއަށް އޮތް އެޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ.
ގޫގުލްގެ ސާޗް ޑޭޓާ އާއި މެޓާގެ ސޯޝަލް ނެޓްވޯކްތައް ގުޅުވާލައިގެން ހިންގާ މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އޭޝިއާ އަދި ސީއައިއެސް ސަރަހައްދުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރާނެ މަންޒިލެއް އިހްތިޔާރުކުރާއިރު، ރާއްޖެއަކީ އެންމެ ފުރަތަމަ އިސްކަންދޭ މަންޒިލަށް ހެދުމަކީ ވިޒިޓް މޯލްޑިވްސްގެ ބޮޑު އުންމީދެކެވެ.
ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޑިޖިޓަލް ކެމްޕެއިނެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ