ތަޒްކިޔާގެ ގައުމީ ދެ ރެކޯޑެއް

ފެތުމުގެ ދާއިރާ އިން އަމްނާ ތަޒްކިޔާ މިރުޞާދު ގައުމީ ދެ ރެކޯޑެއް އައުކޮށްފިއެވެ.
އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބެކް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ތަޒްކިޔާ އާކޮށްފައިވާއިރު މިއިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވި 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި އައިޝަތު ސައުސަން 02:53.55 އިންނެވެ.
ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ތަޒްކިޔާ 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 02:51.26 އިން ރޭސް ނިންމައިގެންނެވެ.
މީގެ އިތުރުން ތަޒްކިޔާވަނީ އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑްވެސް އައުކޮށްފައެވެ.
ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ތަޒްކިޔާ 100 މީޓަރ ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ 01:05.53 އިންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ އާމިނަތު ޝަޖަން އެވެ. އެއީ 2016 ވަނައަހަރު ބޭއްވުނު ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި 01:05.71 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ