މޯލްޑިވިއަނަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެންނަނީ

ގައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.އެއަރބަސްގެ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެެޑާއި ޓްރޫނޯޑްއާ ދެމެދުގައެވެ. ޓްރޫނޯޑްއަކީ އެއަރލައިންތަކަށް މަތިންދާބޯޓު ފޯރުކޮށްދޭ ކުންފުންޏެކެވެ.މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒް ވިދާޅުވީ ވައިޑް ބޮޑީ މަތިންދާބޯޓު ގެނެވުމަކީ ބައިނަލްއަޤުވާމީ ދުނިޔޭގައި ރާއްޖޭގެ ގައުމީ އެއާލައިނަށް ވާދަކުރަން ހުޅުވޭ ދޮރެއް ކަމަށެވެ. މިއަހަރުގެ ފަހުކޮޅު ގެނެވޭ އެއާބަސް މަތިންދާބޯޓުގެ ދަތުރުތައް ފެށޭނެ ކަމަށާއި، އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާއަށް ކަމަށްވެސް އިޔާޒު ވިދާޅުވި އެވެ. މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެންނަ އެއަރބަސްގައި 3 ކުލާސް ހިމެނެއެވެ. އެއީ ބިޒްނަސް ކުލާހާއި ޕްރިމިއަމް އިކޮނޮމިކް ކުލާހާއި އިކޮނޮމިކް ކުލާހެވެ. މަތިންދާބޯޓުގައި ޖުމްލަ 264 ގޮނޑި ހިމެނެއެވެ. މޯލްޑިވިއަން އަށް މިހާތަނަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނެސްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ