ޝައިޠޯނާ މީހުން ދޫކޮށްލާ ހިސާބާ ގާތްވެގަންނަން މަސައްކަތްކުރާ ހިސާބު-: ޝައިޚް ޢާޞިމް އަލްޙަކީމް

އަހުރެންނަށްވެސް ޝައިޠޯނާ ވަސްވާސްދެއެވެ. ނަމަވެސް ވަރަށް ކުޑަ ހިނދުކޮޅަކަށެވެ. ދެތިން ސިކުންތު ތެރޭގައި ފިލައިގެން ދެއެވެ. ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  
ވިސްނާށެވެ! މީސްތަކުން ތަޤްވާވެރިކަމުގައި ކުރިއަރައިދަނީ ޝައިޠޯނާ ވަސްވާސްދެމުން ދަނިކޮށެވެ. އެކަން ޙާޞިލްކުރެވެނީ ވަރަށް ބުރަ މަސައްކަތުންނެވެ. ތަޤްވާވެރިކަމުގައި ވަކި ހިސާބަކަށް ކުރިއަރައި ދިއުމުން އެމީހަކު ދޫކޮށްލައި ދުރަށް ދިއުމަށް ބޮޑު ޝައިޠޯނާ ކުޑަ ޝައިޠޯނުންތަކަށް އަންގާނެއެވެ. އެއީ ހޯދޭނެ އިތުރު ކުރިއެރުމެއް ނެތްކަން ޔަޤީންވުމުންނެވެ.  
އެގޮތަށް މީހަކު ދޫކޮށްލައި ދުރަށް ދިއަ ނަމަވެސް ތިބޭނީ ފާރައަށެވެ. ދުވަސްކޮޅެއް ފާއިތުވެ އޭނާގެ ތަޤްވާވެރިކަން ކުޑަވެލާއިރަށް އަނެއްކާވެސް ވަސްވާސްތައް ދޭންފަށާނެއެވެ. އެމީހަކު މަގުފުރައްދުވަން ކުރާ މަސައްކަތް އިތުރުކުރާނެއެވެ.  
މިއީ ވިސްނާލައިފި ކޮންމެ މީހަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމެކެވެ. ނަމާދުނުކޮށް ޝައިޠޯނާ ދައްކާ މަގުތަކުން ކުރިއަށްދާނަމަ ޝައިޠޯނާގެ ވަސްވާސްތައް ލިބުން މަދުވާނެއެވެ. ނަމަވެސް ނަމާދުކުރަން ފަށައި ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާނަމަ ވަސްވާސްތައް ލިބުން ގިނަވާނެއެވެ.
މިކަމަށް އޮތް އެއް ޙައްލަކީ ވީހާގިނައިން އަޅުކަންކުރަން މަސައްކަތްކުރުމެވެ. ތަޤްވާވެރިންނާއިއެކު ގިނަ ވަޤުތު ހޭދަކުރުމެވެ. ދަރުސްތައް އަޑުއެހުން ގިނަކުރުމެވެ. ގިނަގިނައިން ދުޢާކުރުމެވެ. ގިނަގިނައިން ޢުމްރާވުމެވެ. ދީނުގެ ކަންކަމަށް ގިނަ ވަޤުތު ހޭދަކުރުމެވެ. އެކަންކަމުގައި ދެމިހުރެއްޖެ ނަމަ އެމީހަކަށް ﷲ ތަޢާލާ ޘާބިތުކަން ދެއްވަވާނެތެވެ! އިން ޝާ ﷲ  
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ