މުޅި ރާއްޖެއަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި

މުޅި ރާއްޖެއަށްވެސް މިއަދު މޫސުން ގޯސްވެ ވިއްސާރަކުރާނެކަމަށް މޫސޫމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. މެޓް އޮފީހުން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ 2 މޫސުން ބެދޭއިރު ކުރާ ވިއްސާރަކަމަށެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެކަމަށެވެ. އަދި ދެނުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިހާރު ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ. މެޓް އޮފީހުން ވިދާޅުވީ، ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ކަމަށެވެ. އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާއި ދެމެދުގައިކަމަށެވެ.
މެޓް އޮފީހުން ވިދާޅުވީ، ކުރިއަށްއޮތް 2 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށެވެ. އެހެންކަމުން ކަނޑުދަތުރުފަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ