ފަހުދިހައިގެ ދުވަސްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް ރައީސް އިލްތިމާސްކޮށްފި އުރީދޫ އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާލެވޭނެ ދެން ޕީއެންސީ އާއި ޕީޕީއެމް ވެގެންދާނީ ގައުމީ ފިކުރަަށް: ނިހާދު މީދޫ ދާއިރާގެ އަމިއްލަ ކެންޑިޑޭޓް ހިއްޓާ، ސަރުކާރުގެ ކެނ

ރަމަޟާންމަހުގެ އެންމެ ހެޔޮވެގެންވާ ރޭތަކަކީ ފަހުދިހައިގެ ރޭތަކެވެ. އެހެނީ، ﷲ ތަޢާލާ ކީރިތި ޤުރްއާން ބާވައިލެއްވީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރެއެއްގައެވެ. އަދި އެ ޤުރްއާން ބާވައިލެއްވި ރެއަކީ އެއްހާސް މައްސަރަވުރެ ހެޔޮކަން ބޮޑުވެގެންވާ، ބަރަކާތްތެރި ރެއެއްކަމުގައިވަނީ ލައްވާފައެވެ.
އެހެން ދުވަސްތަކުގައި ހެޔޮ ޢަމަލުތަކުގައި ހީވާގިވެލައްވާ ވަރަށްވުރެ ބޮޑަށް ރަމަޟާންމަހުގެ ފަހު ދިހައެއްގައި ކީރިތި ރަސޫލާ صلى الله عليه وسلم އަޅުކަމުގައި ހީވާގިވެލައްވައެވެ. ރަމަޟާންމަހުގެ ފަހުދިހައަކީ އެކަލޭގެފާނުގެ ހަޔާތްޕުޅުގައިވެސް މުޅިން ތަފާތު ދުވަސްތަކެކެވެ.
ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ صلى الله عليه وسلم އެހެން އެއްވެސް ދުވަސްވަރެއްގައި ނުކުރައްވާވަރަށް، ރަމަޟާންމަހުގެ ފަހު ދިހައެއްގައި އަޅުކަމުގައި ހީވާގިވެލައްވައެވެ.
އަދިވެސް އެކަމަނާ ވިދާޅުވެފައިވެއެވެ. كَانَ رَسُولُ اللَّهِ صلى الله عليه وسلم، إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَرَ. – متفق عليه މާނައީ: ރަސޫލު ﷲ صلى الله عليه وسلم ރަމަޟާންމަހުގެ ފަހުދިހައެއް އައުމުން އެރޭތައް އިޙްޔާކުރައްވައެވެ. އަދި އެކަލޭގެފާނުގެ ގެކޮޅުގެ އަހުލުވެރިން ހޭލައްވައެވެ. އަދި ގަދައަޅުވައި ހެޔޮކަމުގައި މަޝްޣޫލުވެލައްވައެވެ. އަދި ކަމަރު ބަދެލައްވައެވެ.
ޢިލްމުވެރިން ވިދާޅުވާގޮތުގައި ލައިލަތުލްޤަދްރި ވިލޭރެއަކީ ސުލްޙަވެރިކަމާއި، އަމާންކަމުގެ ރެއެވެ. އެރޭގައި މާތްﷲ ކޯފާ ލެއްވުމެއް ނެތެވެ. ޢަޛާބު ދެއްވުމެއްވެސް ނެތެވެ. އެއީ އަޅުކަމާއި އަމާންކަމުގެ ރެއެވެ. އެރޭ ފަތިސް ވެއްޖައުމަށް ދާންދެން މިބިމުގައި މިއަމާންކަން އޮންނާނެއެވެ. ޤަދުރު ސޫރަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ “އެއީ ފަތިސްވެއްޖައުމަށް ދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.”
ލައިލަތުލްޤަދްރި ވިލޭރޭ ލިބޭތޯ ގަދައަޅައި މަސައްކަތްކުރުމަކީ މުސްލިމުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެރޭ ދުޢާކުރުމަށް ކީރިތި ރަސޫލާ ޢާއިޝަތުގެފާނަށް އުގަންނާ ދެއްވި ދުޢާއިން މުސްލިމުން ދުޢާކުރުން ގިނަކުރަންޖެހެއެވެ. އެއީ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي އެވެ. މާނައަކީ : ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބްރަސްކަލާނގެއީ މާފުކުރައް މާފު ދެއްވުމަށް ލޯބިކުރައްވާ ރަސްކަލަނގެއެވެ. ފަހެ މި އަޅާއަށް މާފު ކުރައްވަނދޭވެ!
މައުލޫމާތު: ޢިލްމުވެރިންގެ ފަތުވާތަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ