މިއަދު ހެނދުނުން ފެށިގެން އާސަންދަ ސާވާ ޑައުންވެ ހިދުމަތް ހުއްޓިފައި މިއަދު ހެނދުނުން ފެށިގެން އާސަންދަ ސާވާ ޑައުންވެ ހިދުމަތް ހުއްޓިފައި

މިއަދު ހެނދުނުން ފެށިގެން އާސަންދަ އޮފީހުން އިންޓަނެޓު ކެނޑިފައި ހުރުމުގެ ސަބަބުން އެ އޮފީހުގެ ހިދުމަތްތައް އެއްކޮށް ހުއްޓިފައި ހުރިކަން އެނގިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާސަންދަ އޮފީހުގެ އިންޓަނެޓު ކެނޑުނީ ކަރަންޓުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި އެ މައްސަލައާ ގުޅިގެން އާސަންދައިގެ ސާވާ ވެސް ޑައުންވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެކަން ކަށަވަރުކޮށް އިތުރު މައުލޫމާތު ސާފު ކުރުމަށްޓަކައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު، އައިމިނަތު ޒީނިއާއަށް ގުޅައި މެސެޖު ކުރުމުން ޖަވާބެއް ނުދެއްވަ އެވެ.
އެހެންކަމުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް އެ ކުންފުނީގެ ހިލޭ ގުޅޭ ނަންބަރު 1400 އަށް ގުޅުމުން، ވާހަކަދެއްކި މުވައްޒަފު ބުނީ ސާވާ ޑައުންވީ ކަރަންޓުގެ މައްސައަކާ ގުޅިގެން ކަމަށެވެ. އަދި ދިމާވި މައްސަލައާ ގުޅިގެން އެ އޮފީހުގެ އިންޓަނެޓު ކެނޑިފައިވާ ކަމަށް އޭނާ ބުންޏެވެ.
"މިއަދު ހެނދުނުން ފެށިގެން ދިމާވެގެން އުޅޭ އިޝޫއެއް އިނގޭތޯ؟ އަޅުގަނޑުމެންގެ ޓީމުން އެބަ މަސައްކަތް ކޮށްލައްވާ މައްސަލަ ހައްލު ކޮށްލުމަށްޓަކައި،" އާސަންދަ ހޮޓްލައިނަށް ޖަވާބުދިން މުވައްޒަފު ބުންޏެވެ.
އޭނާ ބުނީ އާސަންދައަށް އެދި އަލަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ކުންފުންޏަށް އީމެއިލް ކޮށްގެން ނުވަތަ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް އާސަންދައިގެ ހިދުމަތަށް އެދި ހުށަހަޅާފައި ތިބި ފަރާތްތަކަށް ހިދުމަތް ދެވޭނީ ސާވާއަށް ދިމާވި މައްސަލަ ހައްލު ކުރެވިގެން ކަމަށް އޭނާ ބުންޏެވެ.
"މިކޮޅުގައި މި އިންނަނީ ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދާ ގޮތަށް، އެހެންވީމާ ޕޯޓަލްއަށް މިކޮޅުން އެކްސެސްއެއް ނުވެވޭ އިންޓަނެޓު ނެތީމާ އިނގޭތޯ؟ ދެން އަޅުގަނޑުމެން މިކޮޅުން ހަމަ ޓީމުގެ ފަރާތުން މަސައްކަތް ކޮށްލަމުން ދަނީ އިނގޭތޯ؟" އާސަންދައިގެ މުވައްޒަފު ބުންޏެވެ.
އާސަންދައިގެ ހިދުމަތް އަލުން ފޭން ފެށޭނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން އާސަންދައިގެ މުވައްޒަފު ބުނީ އެ މައުލޫމާތު ނޭނގޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ