މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލްތައް ކުރިއަށްގެންދާތީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް، ބައެއް ގަޑިތަކުގައި އިއްޒުއްދީން ފާލަން ސަރަހައްދު ބަންދުކުރަން ނިންމައިފި އެވެ.
ތަފްސީލު - ފުލުހުން ބުނީ ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު އަންނާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4 އިން 6އަށް އަދި ރޭގަނޑު 8 އިން 11އަށް ކަމަށެވެ.
ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ އިތުރުން އެ ގަޑިތަކުގައި އިއްޒުއްދީން ފާލަން ސަރަހައްދަށް ކަނޑު އުޅަނދުފަހަރަށް ވެސް ކައިރި ނުކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އެކަން އިއުލާން ކުރުމުގެ ކުރިން، މިއަދު ހެނދުނުން ފެށިގެން ވެސް އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ބަންދުކޮށްފަ އެވެ.
އެނގުން މުހިންމު - މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރަށް ވާތީ، އެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.
އެ ހަރަކާތްތައް ކުރިއަށްގެންދަން ރާވާފައިވަނީ 26، 27 އަދި 28 ވަނަ ދުވަހު އެވެ.
މިނިވަން ދުވަހަށް ތައްޔާރުވާން އިއްޒުއްދީން ފާލަން ސަރަހައްދު ބަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ