ކަމެއް އޮތްގޮތަށް ތެދުބަހުން ވާހަކަ ދެއްކިޔާ މުއިއްޒު ގައިން ތަންގަޑެއް މަދުވަނީހެއްޔެވެ. މިހާރު ނިމިފައިވާ އެއަރޕޯޓް ޑިވްލޮޕްމަންޓް ފްރޮޖެކްޓަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ފައްޓާ ބޮޑެތި ހެޔޮ ބަދަލު ތަކަކާއކު ރައީސް ސޯލިހު ވެރިކަމުގައި ނިމުމަކަށް ގެނެސްފައިވާ ތަނަކަށް ނުވާނެ ގޮތެއް ނުއޮންނާނެއެވެ.
މުއިއްޒު ވެރިކަމުގައިވެސް އެތަނުގައި ކަންތައްތަކެއް ނުކުރާ ވާހަކައެއް ނޫނެވެ. ކުރީގެ މާލީ ވަޒީރު އިބްރާހީމް އަމީރު އެވަނީ ކަމުގެ ހަގީގަތް.ސާފުކޮށް ވިދާލުވެ ދެއްވަފައެވެ.
ކުރީގެ މާލީ ވަޒީރު އަމީރު ވިދާޅުވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓާއި ގުޅިގެން މުއިއްޒު ހައްދަވަނީ ކަނޑައެޅިގެން ބޮޑެތި ދޮގުކަމަށެވެ. މުއިއްޒު ދޮގު ހައްދަވަނީ ކާކަށް އޮޅުވާލަންތޯ ކުރީގެ މާލީ ވަޒީރު ސުވާލު އުފައްދަވައެވެ. ހެއްޔެވެ
ވެރިކަން 2023 ނޮވެމްބަރު 17 ގަ ބަދުލުވީ އިރު: އެއަރޕޯޓްގެ މަސައްކަތް ގޮސްފައި އޮތް ހިސާބު އަމިދު ވިދާޅުވެ ދެއްވާ އިންސައްތައިންނެވެ..
ބެގެޖް ހެންޑްލިންގ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައި އޮތަސް އޭގެ އެއްވެސް މަސައްކަތެއް ވެރިކަން ބަދަލުވުމާ ހަމަށް ނުހިގާ ކަމަށް އަމީރު އެއްބަސްވެ ވަޑައިގަނެއެވެ.
'ކްރިޓިކަލް' މަސައްކަތްތަކުގެ %71 މުޅިން އޮތީ ނިންމާފައި ކަމަށާއި މުއިއްޒު ވަޑައިގެން އަލަށް ހަވާލު ކުރަން ޖެހޭ ކަމެއް ނޯންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ހުރިހާ 'ކްރިޓިކަލް' މަސައްކަތްތައް ހުންނާނީ އެވޯޑް ކޮށްފައިކަމަށްވެސް އަމީރު ވިދާޅުވެއެވެ. ނުކޮށް ހުރެދާނެ ކަމެއްގެ މިސާލު ދައްކަވަމުން އަމީރު ވިދާޅުވީ ކައުންޓަރުން ބޯޑިން ދޫކުރާއިރު، ޓިކެޓިން ސޮފްޓްވެއަރ ހަވާލުނުކޮށް ހުރެދާނެ ކަމަށެވެ. އެއީ ކްރިޓިކަލް ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ޓާމިނަލް ނިމިގެން އެދަނީ ވެރިކަން ބަދަލުވެގެން އައި އިރުވެސް ޓައިމްލައިން އޮތް ގޮތަށްކަމަށާއި އެހެންކަމުން މުއިއްޒު ވެރިކަމަށް އައިސް ހަވާލުކޮށްގެން އަވަސްކުރަން ޖެހޭ ކަމެއް ނެތްއިރު ކޮންކަމެއްގައި ދޮގު ހެދިޔަސް އެއީ ބޮޑުވަރުކަމަށް ކުރީގެ މާލީ ވަޒިރު ވިދާޅުވެއެވެ.
މުއިއްޒު އަލަށް ކުރާކަށް އެއަޕޯޓްގައި ކަމެއްނޯންނާނެ: އަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ