ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގު 2025 ގެ އެންމެ ފޯރިގަދަ އެއް ޒޯން ކަމަށްވާ ބ. އަތޮޅުގެ ބުރުގެ ގްރޫޕް ސްޓޭޖުގައި އިއްޔެ ކުޅުނު މެޗުތަކުން އަވަނި+ފަރެސް މޯލްޑިވްސް ރިސޯޓް އާއި އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް މޮޅުވެއްޖެ އެެވެ.
އިއްޔެގެ މެޗުތަކަކީ، މިދިޔަ ހުކުރު ދުވަހު ކުޅެން ހަމަޖެހިފައި އޮތް މެޗުތަކެއް ނަމަވެސް، އެ ދުވަހު މޫސުން ގޯސްވުމުން، ރިސޯޓް ލީގު އިންތިޒާމްކުރާ ފަރާތްތަކުން ވަނީ މެޗުތައް އިއްޔެ އަށް ފަސްކޮށްފަ އެވެ.
އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުން، އަވަނި+ފަރެސް އިން ވަނީ 4-2 އިން ފޯ ސީޒަން ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު އަތުން މޮޅުވެފަ އެެވެ. މި މެޗުގައި، އަވަނި+ފަރެސްގެ ލަނޑުތައް ޖަހައިދިނީ، މަންސޫރު މުހައްމަދު ހެޓްރިކެއްގެ އިތުރުން ގޯލްކީޕަރު، އަމަން ސިންގް އަސްވާލް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އަމަން އެވެ.
ފޯ ސީޒަންގެ ލަނޑުތައް ޖެހީ، މުހައްމަދު ޖުނައިދު އާއި އަބްދުﷲ ޝާލިމް އެވެ.
އިއްޔެގެ މެޗުގައި ލަނޑުޖެހުމަށް ފަހު އަވަނި+ފަރެސް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި، މިލައިދޫ މޯލްޑިވްސް އިން ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ތިން ޓީމު ހިމެނޭ މި ގްރޫޕުން ސެމީ އަށް ދާނެ އަނެއް ޓީމެއް ކަނޑައަޅާނީ، ދެ ވަނައިގައި ނިންމި، އަވަނި+ފަރެސް އާއި ފޯ ސީޒަން ކުޅޭ ޕްލޭއޮފް މެޗުންނެވެ.
ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗުން، އަނަންތަރާ އިން ވަނީ 6-4 އިން ފިނޮޅު ބަލިކޮށް އުންމީދު އާ ކޮށްފަ އެވެ. އަނަންތަރާ އިން މި މެޗުގައި ލަނޑުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާ، ރަޝާދު އަބްދުލް މަތީން ހަތަރު ގޯލުގެ އިތުރުން، އަހުމަދު ސާޖިދު އާއި ހުސެއިން ހަނާން ގޯލެކެވެ.
ފިނޮޅުގެ ގޯލުތައް ޖެހީ، އިބްރާހިމް ނާފިޒު ދެ ގޯލާއި އިބްރާހިމް އަފްލާހު އަދި އިބްރާހިމް ކާމިލް ގޯލެކެވެ.
ރިސޯޓް ލީގު: އަވަނި+ފަރެސް އާއި އަނަންތަރާ އަށް މޮޅެއް ރިސޯޓް ލީގު: އަވަނި+ފަރެސް އާއި އަނަންތަރާ އަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ