މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.
އެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ހުޅުވާލާފައިވަނީ، ކުރިން މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އެ މަޤާމުން އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ ހުސްވެފައިވާ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރުމަށްޓަކައެވެ.
މަޤާމަށް އެދި ފޯމު ހުށަހެޅޭނީ މިމަހުގެ 28ވާ އާދިއްތަ ދުވަހުގެ 12:00ގެ ނިޔަލަށެވެ. މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ، މިމުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މިމަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންވެސް ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ