އަހަރުގެ މިހާތަނަށް 1568 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެތެރޭގައި 5،757 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މިއަހަރުގެ މި މުއްދަތުގައި މި އަދަދުވަނީ %7 އިތުރުވެ، 6،198 އަރާފައެވެ.
އަހަރުގެ މިހާތަނަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އަދި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 1531 އެކްސިޑެންޓެވެ. މިއަހަރުގެ މި މުއްތަތުގައި 1568 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ. މިއީ %2 އިތުރު އަދަދެކެވެ.
• ޖަނަވަރީ: 303 އެކްސިޑެންޓު
• ފެބުރުވަރީ: 251 އެކްސިޑެންޓު
• މާރިޗު: 273 އެކްސިޑެންޓު
• އެޕްރީލް: 284 އެކްސިޑެންޓު
• މޭ: 273 އެކްސިޑެންޓު
• ޖޫން: 256 އެކްސިޑެންޓު
އަހަރުގެ ފުރަތަމަ 6 މަސްދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ޖުމްލަ މައްސަލަތަކުގެ %28 އަކީ ވައްކަމުގެ މައްސަލަތެކެވެ. އަދި %24 އަކީ ޓްރެފިކް އެކްސިޑެންޓުތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
• ވައްކަމުގެ 1،775 މައްސަލަ
• ޓްރެފިކް އެކްސިޑެންޓްގެ 1،568 މައްސަލަ
• މަސްތުވާތަކެއްޗާ ގުޅޭ 1،116 މައްސަލަ
• އެއްޗެތި ގެއްލިގެން 527 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 326 މައްސަލަ
• މާރާމާރީގެ 339 މައްސަލަ
• ގެވެށި އަނިޔާގެ 172 މައްސަލަ
• ޖިންސީ ކުށުގެ 131 މައްސަލަ
• ފޭރުމުގެ 81 މައްސަލަ
• ޚިޔާނަތުގެ 172 މައްސަލަ
• ފޯޖް ކުރުމުގެ 23 މައްސަލަ
ކުށް މަދުކުރުމަށް ކަމާގުޅުން ހުރި ފަރާތްތަށް ގުޅިގެން ތަފާތު ހަރަކާތްތައް ދަނީ ހިންގަމުނެވެ. އެގޮތުން "ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިން" ފާހަގަކޮށްލެވެއެވެ. ރައްކާ ކެމްޕެއިނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ޢާއްމުން ހޭލުންތެރިކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ކެމްޕެއިނެކެވެ.
މި ކެމްޕެއިންގެ ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާއިރު، ކެމްޕެއިންގެ ތެރެއިން މަގުމަތީގެ ގަވާއިދުތަކަށް ހޭލުންތެރިކުރުމުގެ ވީޑިއޯ ކްލިޕާއި، އެކްސިޑެންޓް ރޯލްޕްލޭތަކާއި، ޓީވީ ޕްރޮގްރާމާއި އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ބިލް ބޯޑު ބަހައްޓައިގެން ހޭލުންތެރިކަން އިތުރުކުރުމުގެ މެސެޖުތައް ފޯރުވައިދޭނެއެވެ.
އަހަރުގެ މިހާތަނަށް 1568 އެކްސިޑެންޓު، މިދިޔަ އަހަރަށްވުރެ އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ