ލޮރެންޒޯ ސްޕޯޓްސް ކްލަބްގެ މައްޗަށް 5-2 އިން ކުރިހޯދައި، ބިސް ބުރު ސްޕޯޓްސް ކްލަބުން މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުންގެ ޖާގައެއް ހޯދައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑެއް އެކުލަވާލާފައިވާ ގޮތުން ވަނީ ހަތަރު ރީޖަން އަކަށް ބެހިފަ އެވެ. އެ ގޮތުން، ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން އަށް ބަހާލައިފައިވާއިރު، މާލެ ރީޖަނަކީ ކުރީގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާެރާތެވެ. އެ މުބާރާތުގެ ޗެމްޕިއަންގެ ގޮތުގައި ބިސް ބުރުން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނެ އެވެ،
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ކުޅޭނީ ބިސް ބުރުގެ އިތުރުން، ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން، ސެންޓްރަލް ރީޖަނަލް ލީގުގެ ޗެމްޕިއަން، ސައުތު ރީޖަނަލް ލީގުގެ ޗެމްޕިއަން އަދި، ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.
ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް، ދިވެހި ޕްރިމިއާ ލީގު 26/27 ސީޒަނުން ޖާގަ ލިބޭނެ އެވެ.
މާލެ ރީޖަންގެ ޗެމްޕިއަންކަން ބިސް ބުރުން ހޯދީ، ދެ ވަނަ ބުރުގައި ކުޅުނު ހަތަރު ޓީމުގެ މެޗުތައް ނިމުނުއިރު، ތާވަލުގެ ދެ ވަނައިގައި އޮތް ކްލަބް ޕީކޭގެ މައްޗަށް ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. މެޗު ހަމަވިއިރު، ތާވަލުގެ އެއް ވަނަ ހޯދައި ޗެމްޕިއަންކަން ހާސިލްކުރި ބިސް ބުރަށް ވަނީ ކްލަބް ޕީކޭއާ އެއްވަރަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. އެކަމަކު، ލަނޑުގެ ތަފާތުން ބިސް ބުރުން ކުރިހޯދީ ފައިދާ ތިން ގޯލާ އެކު އެވެ. ޕީކޭގެ އޮތީ ފައިދާ އެންމެ ގޯލެކެވެ.
ބިސް ބުރުން މާލެ ރީޖަން ލީގު ޗެމްޕިއަންކަން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ