ލޯންޗެއް އެކްސިޑެންޓުވެ، 2 މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެނީ

މާލެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓުވެ، އެ ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި، ދެ މީހުންނާ އެކު ދަތުރުކުރަމުންދިޔަ 'ޓުއަ ގާޑް' ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ވަނީ ފަށާފަ އެވެ.
"މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި ހާނިކަތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން،" އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް، މި އެކްސިޑެންޓް ހިނގި ތަނާއި އެކަން ހިނގީ ކިހިނެއް ކަމެއް އަދި ފަޅުވެރިންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.
އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯއަކުން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ލޯންޗުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ