ހެލްތު މިނިސްޓްރީ ހުންނަ ސަރަހައްދުގައި އޯވާލޯޑްވުމުގެ ސަބަބުން ކަރަންޓު ކެނޑިއްޖެއެވެ.
ހެލްޓު މިނިސްޓްްރީ ހިމެނޭ ސަރަހައްދުގެ ބޮޑު ބަޔަކުންވަނީ ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯއިން ކޮށްފައިވާ ޓްވީޓެއްގައިވަނީ ކުރިއަށް އޮތް ބައިގަޑި އިރުގެ ތެރޭގައި ކަރަންޓު ލިބޭނެ ކަމަށެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ އުނދަގޫ ތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.
އޯވަރލޯޑް ވުމުގެ ސަބަބުން ހެލްތު މިނިސްޓްރީ ހިމެނޭ ސަަރަހައްދުގެ ބަޔަކުން ވަނީ ކަރަންޓު ކެނޑިފައި. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، ކުރިޔަށްއޮތް ބައި ގަޑި އިރުތެރޭ އެ ސަރަހައްދަށް އަލުން ކަރަންޓު ދެވިގެންދާނެ. ދިމާވާނެ ދަތިތަކަށް މާފަށް އެދެން.
— STELCO (@STELCOMALDIVES) January 29, 2022
ފަހަކަށް އައިސް މާލޭގެ އެކި ހިސާބު ތަކުން ކަރަންޓު ކެނޑުން ވަނީ އާންމު ކަމަކަށް ވެފައެވެ. ހުސްވި ހަފްތާގެ ހުކުރު ދުވަހުވެސް މާލެއިން ވަނީ ކަރަންޓް ކެނޑިފައެވެ.
ހެލްތު މިނިސްޓްރީ ހުންނަ ހިސާބުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ