ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ފުރާވަޑައިގެންފިއެވެ. 
މިމަހުގެ 11 އިން 17 އަށް އުއްތަމަ ފަނޑިޔާރު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އިންތިޒާމްކުރައްވާ ދަތުރުފުޅެއްކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ. އުއްތަމަ ފަނޑިޔާރުގެ މި ދަތުރުފުޅުގައި އެމެރިކާގެ ކޯޓުތަކަށާއި ލޯ ސްކޫލްސްތަކަށް ޒިޔާރަތްކުރައްވުމަށް ހަމަޖެހިފައިވާކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ. 
މި ދަތުރުފުޅުގައި އުއްތަމަ ފަނޑިޔާރު އަރިހުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދުވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއާ ކޯޓްތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ބައެއްް ފަނޑިޔާރުންންވެސް އުއްތަމަ ފަނޑިޔާރު އަރިހުގައި ބައިވެރިވެޑައިގަންނަވައެވެ.
    
    ރަސްމީ ދަތުރުފުޅެއްގައި އުއްތަމަ ފަނޑިޔާރު އެމެރިކާއަށް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            