އަހުމަދު މޫސާގެ ބަންދު މައްސަލަ: ސުޕްރީމް ކޯޓު ނިންމުން މުރާޖައާ ކުރަން އެދެނީ

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ ބަންދުގެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކުރަން ހުށަހަޅަން، އޭނާގެ ދިފާއީ ވަކީލުން ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން
ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ރާއްޖެއިން ފިލި އަހުމަދު މޫސާ ތިން ވަނަ
ފަހަރަށް ކްރިމިނަލް ކޯޓުން ދޫކޮށްލީ މިދިޔަ މަހުގެ 20ގަ އެވެ.
އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ، އިސްތިއުނާފު ކުރަން އޮންނަ 48 ގަޑިއިރުގެ މުއްދަތު ދައުލަތުން ގުނީ ގޯސްކޮށް ކަމަށާއި މައްސަލަ ހުށަހެޅި އިރު އިސްތިއުނާފު މުއްދަތު ހަމަވެފައިވާ ކަމަށް
ހައި ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ވަނީ 48 ގަޑިއިރުގެ މުއްދަތު ގުނަން ފަށާނެ ގޮތް މާނަކޮށްފައި
ސުޕްރީމް ކޯޓުން ހުކުމްކުރީ އަހުމަދު މޫސާގެ މައްސަލަ ހައި ކޯޓުން ބަލަން
އިތުރަށް ކިޔާލަން: އަހުމަދު މޫސާގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން އަންގައިފި
މިިއަދުގެ ހުކުމަށް ފަހު އަހުމަދު މޫސާގެ ވަކީލުން ކަމަށްވާ ދިވެހި ޗެމްބާސް ލޯ ފާމުގެ މަރިޔަމް ނިހާޔަތު އަދި އައިޝަތު ފަޒްނާ ނެރުއްވި ނޫސްބަޔާނެއްގައި ބުނީ އަހުމަދު މޫސާގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ގާނޫނީ ހުރިހާ ނުކުތާތައް ވެސް ކާމިޔާބުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 169 ވަނަ މާއްދާއަށް އިސްތިއުނާފު މުއްދަތު ގުނުމުގައި އަމަލު ނުކުރެވޭނެ ކަމަށް ބުނި ނުކުތާ ހިމެނޭ ކަމަށް ވެސް، އެ ބަޔާނުގައިވެ އެވެ.
އެނގުން މުހިންމު - ގަވައިދުގެ އެ މާއްދާގައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ ދަށު ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހާ އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށެވެ. މިއަދު ސުޕްރީމް ކޯޓުން ނިންމީ، ގަވައިދުގެ އެ މާއްދާއަށް އަމަލުކުރާ ނަމަ އިސްތިއުނާފު ކުރުމަށް 48 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް ލިބިގެންދާތީ އެ މާއްދާ ބޭނުން ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މިއަދު އެގޮތަށް ކަނޑައެޅުމުގެ ކުރިން އެހެން އެއްވެސް ކޯޓަކުން ގަވައިދުގެ އެ މާއްދާ މާނަކޮށްފައި ނުވާތީ، އެކަމުގެ މަންފާ ދައުލަތަށް ދީ، މިއަދުގެ ނިންމުމާ ހަމައަށް ދައުލަތުން އަމަލުކުރި ގޮތް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ. އެހެންވެ، އަހުމަދު މޫސާގެ މައްސަލަ ހައި ކޯޓުން ބަލަން އެންގި އެވެ.
އަހުމަދު މޫސާގެ ވަކީލުންގެ ނޫސްބަޔާނުގައި ބުނީ، އެއީ ޖިނާއީ މައްސަލައަކަށް ވެފައި، ދައުލަތުން އަމަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅިފައިވާ ހާލު، އަދި ގަވައިދުގެ މާއްދާ ގާނޫނާ ހިލާފު ކަމަށް ފާހަގަކުރީ އަހުމަދު މޫސާ ކަމަށް ވާއިރު، އެކަމުގެ މަންފާ ލިބެން ޖެހޭނީ އޭނާއަށް ކަމަށެވެ. އެހެންވެ އެ ނުކުތާ ސުޕްރީމް ކޯޓުގައި މުރާޖައާކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށް ވަކީލުންގެ ބަޔާނުގައިވެ އެވެ.
މި
މައްސަލައިގައި ސުވާލު އެފެދުނު އެއް ކަމަކީ އިސްތިއުނާފު މުއްދަތުގެ 48
ގަޑިއިރު ގުނަން ފަށާނީ ކޯޓުން ނިންމުން ނިންމި ވަގުތުން ފަށައިގެންތޯ
ނުވަތަ އެ ނިންމުން ނިންމި ދުވަސް ފެށޭ ހިސާބުންތޯ އެވެ.
ފަނޑިޔާރު
މަހާޒު އަލީ ޒާހިރު އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމަށް ފެނިވަޑައިގަތީ
އެފަދަ ހާލަތެއްގައި އިސްތިއުނާފުގެ މުއްދަތު ގުނާނީ ނިންމުން ނިންމި
ވަގުތުން ފެށިގެން ކަމަށާއި ތާރީހުން ނޫން ކަމަށެވެ. ރައުޔު ތަފާތުވި ފަނޑިޔާރު
އައިޝާ ޝުޖޫނަށް ފެނިވަޑައިގަތީ އެ މުއްދަތު ގުނަން ޖެހޭނީ ދުވަހުން ފަށައިގެން ކަމަށެވެ.
ގާނޫނުގައި އެހެން މުއްދަތުތައް ވެސް ގުނަނީ އެހެން ކަމަށް އޭނާގެ
ރައުޔުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ