ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރުއްވައިފިއެވެ.
އެ އިދާރާއިން ހުދު ސަމާލު ނެރުއްވައިފައިވަނީ، މިއަދު ހެނދުނު 07:15 އިން ފެށިގެން މެންދުރު 13:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅުގެ ދެމެދުގައިވާ ރަށްތަކަށެވެ.
އެ އިދާރާއިން ނެރުއްވަފައިވާ އެލާޓުގައި ވަނީ، މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމެށެވެ.
އެހެން ކަމުން އެންމެހައި ފަރާތްތަކުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން އެދިވަޑައިގަންނަވައެވެ.
ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ކުރިއާލާ މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ