އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތް: ދެ ސުކޫލެއްގެ ދަރިވަރުންނާއި ބެލެނިވެރިން މާރާމާރީ ހިންގައިފި

މާލޭގެ ދެ ސުކޫލެއްގެ ދެ މެދުގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަންފަށައިފި އެވެ. 
މި މާރާމާރީ ހިނގާފައިވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 5:15 ހާއިރުއެވެ. އަދި މާރާމާރީ ހިންގާފައިވަނީ މަޖީދިއްޔާ ސުކޫލްއާއި އަމީނިއްޔާ ދަރިވަރުންނާއި ބެލެނިވެރިންގެ ދެމެދުގައެވެ.
އެގޮތުން އިއްޔެ ކުރިއަށް ދިޔަ ހޭންޑްބޯލް މެޗަކަށްފަހު، މަޖީދިއްޔާ ސުކޫލްގެ ދަރިވަރު ވަނީ އަމީނިއްޔާގެ ދަރިވަރު ގައިގައި ޖަހާފައެވެ. އަދި އެކަން އަމީނިއްޔާ ދަރިވަރުގެ މަންމަ އާއި ބައްޕައަށް އެނގުމުން، އެ ދެމީހުންވަނީ މަޖީދިއްޔާ ސުކޫލުގެ ދަރިވަރުގައިގައި ޖަހައި މާރާމާރީ ހިންގާފައެވެ. 
Advertisement
މި މަންޒަރު އެތަނަށް އެއްވެ ތިބި އެތައް ބަޔަކަށް ފެނިފައިވާއިރު، ފުލުހުން ވަނީ އެތަނަކަށް ގޮސް އެކަން ހައްލު ކޮށްފައެވެ. 
އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވޮއިސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލޭގެ ދެ ސުކޫލެއްގެ ދަރިވަރުންގެ މެދުގައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. 
މި މައްސަލަ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ވޮއިސް އިން ތަކުރާރުކޮށް ގުޅައި މެސެޖު ކޮށްގެންވެސް ބަހެއް ލިބޭ ގޮތެއް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ