އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްރިޒަންސް ޑިވިޝަނުގެ އިސްވެރިޔާގެ މަގާމު ފުރުއްވި ގ.އޯކަމް އިބްރާހީމް މުހައްމަދު މަނިކު (އިސްތަފާ އިބްރާހީމް މަނިކު) މިއަދު އަވަހާރަވެއްޖެއެވެ.
އުމުރުން 83 އަހަރުގައި އިސްތަފާ އިބްރާހިމް މަނިކު އަވަހާރަވީ މުސްކުޅި ބަލީގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން، ހާކު ދެރަވެ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެދުނުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޕްރިޒަންސް ޑިވިޝަނުގެ އިސްވެރިޔާގެ މަގާމުގެ އިތުރުން އިސްތަފާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ފ.އަތޮޅު މެމްބަރުކަމާއި ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި ސަރުކާރު މުވައްޒަފުންގެ ނާދީގެ އެޑްމިނިސްޓްރޭޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.
އިސްތަފާގެ ޖަނާޒާގެ ކަންތައް ކުރިއަށްދާނީ އާސަހަރާ މިސްކިތުގަ އެވެ. އަދި ކަށުނަމާދު އޮންނާނީ މިއަދު މަޣްރިބު ނަމާދަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ