މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާއްދަކުރައްވަން ނިންމަވައިފިއެވެ.
ފަޒީލް ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާއަށެވެ.
އޭނާ ވިދާޅުވިިގޮތުގައި މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ތަންފީޒުކުރުމަށް މަސައްކަތްކުރުމުގެ ގޮތުންނެވެ.
އަދި މަގާމަށް ކުރިމަތިލާން ނިންމެވީ ދިވެހި ރައްޔިތުން އަދި ހާއްސަކޮށް އޭނާ އުފަން ރަށް ފުވައްމުލަކުގެ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ނިޔަތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ