ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ފަނޑިޔާރު ހުސައިން ޝަހީދަކީ މިހާރުވެސް އެ ކޯޓް ވަގުތީ ގޮތުންް ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ފަނޑިޔާރު ހުސައިން ޝަހީދު އެކަނި ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ހައިކޯޓްގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލީ "ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު" ގެ ދަށުން ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ. ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ފަނޑިޔާރު ހުސައިން ޝަހީދަކީ މިހާރުވެސް އެ ކޯޓް ވަގުތީ ގޮތުންް ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތެވެ.ފަނޑިޔާރު ޝަހީދު ވަނީ ކުޑަ ދުވަސްކޮޅަކު ކުރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. ކްރިމިނަލް ކޯޓްގެ ގާޒީގެ މަގާމުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްުޔަން ކުރެއްވީއެވެ. ކްރިމިނަލް ކޯޓްގެ ގާޒީ ކުރެއްވި ދުވަސްވަރު ސިޔާސީ ބޭފުޅުންގެ މައްޗަށް ހުށައެޅުނު ބައެއް މައްސަލަތައް އޭނާ ބެއްލެވިއެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްސަލަ ދަށުކޯޓްގައި ބެއްލެވީވެސް ޝަހީދު އެވެ.ހައިކޯޓަށް ވަޑައިގެންނެވި ފަހުން، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓްގައި ހިންގި ޝަރީއަތަށް ފަހު އިއްވި ހުކުމް ބާތިލުކަމަށް ރައުޔު ނެރުއްވި އެވެ. ޝަހީދުއާ ގުޅޭ މައްސަލަތަކެއް 2019 ވަނަ އަހަރު ޖޭއެސްސީން ބެލި އެވެ. އެ ކޮމިޝަނުން އެ އަހަރު ޝަހީދުއާ ގުޅުން ހުރި ދެ މައްސަލައެއް ވަނީ ބަލާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ