އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން އަލްޖަޒީރާ ނޫސްވެރިއެއްގެ އާއިލާ ޝަހީދު ކޮށްލައިފިއެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި އަލްޖަޒީރާ ނޫހުގެ ނޫސްވެރިޔާ، ވައިލް ދަހްދޫގެ އަންހެނުން، އަންހެން ދަރިފުޅު އަދި ފިރިހެން ދަރިފުޅު ވަނީ ޝަހީދު ކޮށްލާފައެވެ. އިސްރާއީލުން އެ އާއިލާ ޝަހީދު ކޮށްލާފައިވަނީ ޣައްޒާގައި އެމީހުން ދިރިއުޅެމުން ދިޔަ ގެއަށް ހަމަލާތަކެއް ދީގެންނެވެ.
އަލްޖަޒީރާއިން އާންމު ކޮށްފައިވާ ވީޑިއޯއިން ފެނިގެން ދަނީ ދަހްދޫ އޭނާގެ އާއިލާގެ މީހުންގެ ހަށިގަނޑުތައް ކައިރީގައި ހޮސްޕިޓަލުގައި ހުންނަ މަންޒަރެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ހަމާސްގެ ހަމަލާތަކާއި ގުޅިގެން އިންޒާރަކާއި ނުލައި އިސްރާއީލުން ދިޔައީ ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން ދިޔަ އިމާރާތްތައް ބިމާ ހަމަ ކުރަމުންނެވެ.
އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 6،000 އަށްވުރެ ގިނަ ޣައްޒާގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.
ޔަހޫދީން އަލްޖަޒީރާ ނޫސްވެރިއެއްގެ އާއިލާ ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ