ޢަލީ އިޙްޞާން ފިރާޤް
މުރަންގަފަތާއި ކޮޕީފަތް އަދި ލެޓިއުސްފަދަ ފެހިކަންގަދަ ފަތްތަކަކީ ރާއްޖޭގައި ގިނަބަޔަކު ހައްދާ އަދި ފަސޭހަކަމާއެކު ލިބެން ހުންނަ ބާވާތްތަކެވެ. މުގުރިހަ އަކީ އާދަވެގެން ކޮންމެ ގެއަކުވެސް ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ކައްކާ އެއްޗެކެވެ. މިއީ ލޭގެ ރަތް ސެލްތައް އުފައްދަން ބޭނުންވާ ދަގަނޑުގެ ބައިން މުއްސަނދިވެފައިވާ ބާވަތްތަކެވެ.
އަޔަން ޑެފިޝަންސީ އެނީމިއާ ޖެހެނީ ދަގަނޑު މަދުވުމުގެ ސަބަބުންނެވެ. ހަށިގަނޑުގައި އަޔަން މަދުވެއްޖެނަމަ ލޭގެ ރަތްސެލްތަކުގައި ހީމޮގްލޮބިން އެއް ނުއުފެދެއެވެ. ހަށިގަނޑުގެ ސެލްތަކަށް އޮކްސިޖަން އުފުލައިދެނީ ހީމޮގްލޮބިން މެދުވެރިކޮށެވެ.
ފުރަތަމަ ކަމަކަށް ދަގަނޑުގެ ބައި ހުންނަ ކާނާއާއެކު ވިޓަމިންސީ އެކުލެވޭ ކާނާއެއް ކެވޭތޯ ބަލާށެވެ. އެއީ ވިޓަމިންސީއަކީ ދަގަނޑުގެބައި ހަށިގަނޑަށް ނަގައިދޭ މިންވަރު އިތުރު ކުރުމަށް އެހީތެރިވެދޭ އެއްޗަކަށްވާތީއެވެ. ވިޓަމިންސީ ހިމެނޭ ބާވަތްތަކުގެ ތެރޭގައި މޭބިސްކަދުރު، ބްރޮކޮލީ، ކިވީ، ފެހިކަންގަދަ ފަތް، މެލަން، ސްޓްރޯބެރީ، އަނބު، ފޭރު، އޮރެންޖު ހިމެނެއެވެ.
ދެވަނަ ކަމަކީ ދަގަނޑު އެކުލެވޭ ކެއުން ކާއިރު ކަޅުސައި ބޭނުން ނުކުރުމެވެ. އެއީ ކާއިރު ކަޅުސައި ބުއިމުން ދަގަނޑުގެ ބައި ހަށިގަނޑަށް ނެގުމަށް ހުރަސް އަޅާތީއެވެ. ފަތްމަސްހުނި ފަދަ ތަކެތި ނުވަތަ ސަޓަނިފަދަ ތަކެތި ކާއިރު ކަޅުސައިގެ ބަދަލުގައި ފެންބޮވިދާނެއެވެ. އެއަށްފަހު ކަޅުސައި ބޯން ކޮންމެހެން ބޭނުންވެއްޖެނަމަ އެހެން ގަޑިއެއްގައި ކަޅުސައި ބޮވިދާނެއެވެ.
ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ ބައި އިތުރުކުރަން ބޭނުންކުރެވިދާނެ ބާވަތްތަކާ ކާތަކެތީގައި ހުންނަ ދަގަނޑުގެބައި ހަށިގަނޑަށް ނަގަން ފަސޭކުރުމަށް ސަމާލުކަންދޭންޖެހޭ 2 ކަންތައް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ