ބަށި ނުކައި ދޫކޮށްލާ ވަރަށް ވުރެ ލިބޭ ފައިދާތައް މާގިނަ

ރާއްޖޭއިން ވެސް ފަސޭހައިން ލިބެން ހުންނަ ތަރުކާރީގެ ބާވަތެއް ކަމަށްވާ ބައްޓަކީ އޭގައި ގިނަ އަދަދަކަށް ސިއްހީ ފައިދާތަކެއް އެކުލެވޭ ބާވަތުގެ ތަރުކާރީއެކެވެ. މިއީ ވަރަށް ގިނަ ގޮތްގޮތަށް ތަފާތު އެކި ޤައުމުތަކަށް ހާއްސަ ކުޒީންތަކުގައި ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ބައްޓަކީ ތަރުކާރީގެ ބާވަތެއް ކަމަށް އެއްބަޔަކު ނިންމާއިރު ބައެއް މީހުން ދެކޭގޮތުގައި "ޓެކްނިކަލީ" މިއީ މޭވާއެކެވެ. ބައްޓަކީ އެކި ކުލަތަކުން އެކި ސައިޒަށް ހެދޭ ބާވަތެކެވެ. އާއްމުކޮށް ރާއްޖެއިން އަޅުގަނޑުމެންނަށް ފެންނަނީ ދަނބު ކުލައާއި އެއަށް ވުރެ ގަދަ ދަނބުކުލައެއްގައި ހުންނަ ބައްޓެވެ. ނަމަވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރަތް ކުލަ އާއި ކަޅު ކުލަ އަދި ރީނދޫ ކުލަ އާއި ހުދު ކުލައިގެ ބަށިވެސް ލިބެން ހުރެއެވެ. ބައްޓަކީ މެދުއިރުމަތީގެ ކެއުންތަކުގައި ވެސް އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް--ފޮޓޯ/ޓޭސްޓް ރެޖިސްޓަޑް ޑައިޓީޝަން ޖެރިލީން ޖޯންސް ބުނެފައިވާ ގޮތުގައި މައިގަނޑު ގޮތެއްގައި ބަށިން ލިބިދޭ ސިއްހީ ފައިދާތައް ވަނީ ހަތް ބަޔަކަށް ބެހިފައެވެ. ކެލޮރީސްގެ މިންވަރު ވަރަށް މަދުން ހިމެނޭ ބައްޓަކީ، އެންމެ ރަނގަޅު މިންވަރަކަށް އޭގައި ވިޓަމިންސް، މިނެރަލްސް އަދި ފައިބާ ހިމެނޭ ބާވަތެކެވެ. ބަށީގައި އެކުލެވޭ ވިޓަމިންސް އާއި މިނެރަލްސްގެ މިންވަރު މަތިވުމުން އެއީ އެންޓިއޮކްސިޑެންޓްސްގެ މާއްދާތައް މަތީ އަދަދަކަށް ހިމެނޭ ބާވަތަކަށް ވަނީ ވެފައެވެ. މި އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން މީހާ ސްޓްރެސްވުމުން ދުރުކޮށްދީ ހަށިގަނޑުގެ ޓިޝޫތަކަށް ލިބޭ ގެއްލުންތަކުން ހިމާޔަތްކޮށްދެއެވެ. ބަށީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސްތަކުގެ އެހީގައި ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދީ ހިތުގެ ދުޅަހެޔޮކަން ދަމަހައްޓަން އެހީތެރިވެދެއެވެ. ހަމައެއާއެކު ގިނަ ބަޔަކު ކަންބޮޑުވާ ލޭގައި ހަކުރު އެކުލެވޭ މިންވަރު ވަކިވަރަކަށް ހިފަހައްޓަން އެހީތެރިވެދެއެވެ. ބަށި މިއީ އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ އެހީގައި ވަރަށް ގިނަ ބަލިތަކުން މީހާ ސަލާމަތްކޮށްދޭ ބާވަތެއް--ފޮޓޯ/ސްވީޓްއޭޒްހަނީ ބަށީގައި އެކުލެވޭ ފައިބާ މާއްދާގެ ސަބަބުން ބްލަޑް ޝުގަ ދަށްކޮށްދިނުމަށް އެހީވެދީ ހަކުރު ބަލި ހުންނަ މީހުންގެ ކެއުންތަކުގައި ވެސް ހިމަނާލަން މިއީ މުހިއްމު ބާވަތެއް ކަމަށް ރެޖިސްޓަޑް ޑައިޓީޝަން ޖެރިލީން ޖޯންސް ވަނީ ބުނެފައެވެ. ބަށިން ލިބިދޭ އިތުރު ސިއްހީ ފައިދާތަކުގެތެރޭ ބަރުދަން ލުއިކުރުމަށް އެހީވެދީ، ކެންސަރުގެ ބަލިތަކުން ދުރުކޮށްދިނުމަށް ވެސް އެހީތެރިވެދެއެވެ. މީގެއިތުރުން މިއީ ބެލެންސްޑް ޑައިޓެއް ގެންގުޅޭ މީހެއްނަމަ ކެއުމުގައި ފަސޭހަ ކަމާއެކު ބޭނުންކޮށްލެވިދާނެ ބާވަތެއް ކަމުން ކާބް އަދި ކެލޮރީ މަދުކޮށްލުމަށް ވަރަށް ބޮޑު އެހީއަކަށްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ