އައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓުކަން ޝައިހު އިސްމާއިލް މުހައްމަދަށް އަރުވައިފި

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އިސްލާމީ ތައުލީމު އުގަންނައި ދިނުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި މ. ތޮއިބާ ޝައިހު އިސްމާއިލް މުހައްމަދަށް ރޭ އަރުވައިފި އެވެ.އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފްލާގައި ރޭ މި ލަގަބު ޝައިޚް އިސްމާއިލަށް އަރުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.ރާއްޖޭގައި އިސްލާމީ އިލްމާ ގުޅޭ ކަންކަން ފެތުރުއްވުމުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މ. ޠައިބާ ޝެއިޚް އިސްމާއީލަށް މި އޮނޮރަރީ ޑޮކްޓަރޭޓްކަން އަރުވައިފައިވަނީ އިސްލާމީ އިލްމު ފެތުރުއްވުމަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.ގިނަ ދީނީ ފޮތްތަކެއް ލިޔުއްވާފައިވާ ޝައިހު އިސްމާއިލްއަށް މި ލަގަބު އަރުވަން އައިޔޫއެމްއިން ނިންމީ، އިސްލާމީ އިލްމު ފެތުރުމަށް އެތައް އަހަރުތަކެއް ވަންދެން ކޮށްދިން އަގުހުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.އައިޔޫއެމްއިން ގެނެސްދިން ޕްރެޒެންޓޭޝަނުގައި ބުނި ގޮތުގައި މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރަކީ ޝައިހު އިސްމާއިލެވެ. އަދި އޭގެ ކުރިން އިންޑިއާގައި ވެސް ހަތް އަހަރު ވަންދެން އިސްލާމީ ތައުލީމު ހާސިލުކުރެއްވި އެވެ.ޝައިހު އިސްމާއިލް ކޮށްދިން ހިދުމަތްތަކުގެ ތެރޭގައި ރާއްޖޭގައި އަރަބި ބަހުން އިސްލާމީ ތައުލީމު ދެއްވުމާއި، 40 ދީނީ ފޮތް ޝާއިއުކުރުމާއި ތޮއިބާ މަދުރަސާ އުފެއްދުން ފާހަގަކޮށްލެވެ އެވެ. އޭނާ ވަނީ މިފަހުން ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތަކަށް ވެސް ފައިސާ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ