8 އަހަރުގެ ކުއްޖަކު އަޞްލު މަންމައާ ދޮންމަންމަގެ ތަފާތު ބައްޕައަށް ބުނެދިނުމުން ބައްޕައަށް ހަތަރު އުދަރެސް ފެނުޖެހުނު ޢިބްރަތްތެރި ފިލާވަޅެއް!

އެއީ ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. ކައިވެންޏަށް 10 އަހަރު ފުރުނުއިރު 8 އަހަރުގެ ދަރިއަކު ހުއްޓެވެ. 3 ބަފައިން އެކުގައި ވަރަށް ލޯބިން އުޅެނިކޮށް ކުއްލިއަކަށް އަނބިމީހާ ނިޔާވީއެވެ.  
ފިރިމީހާ ވިސްނަން ދުވަސްކޮޅަކު ހުރެފައި ދެވަނަ ކައިވެނިކުރިއެވެ. އަނބިމީހާގެ ކިބައިން އެންމެ ބޮޑަށް ޝަރުޠުކުރުވި ކަމަކީ ދަރިފުޅަށް ހެޔޮކޮށްހިތައި ރަނގަޅަށް ބެލެހެއްޓުމެވެ. 
ކައިވެންޏަށް 3 ވަނަ މަހުގައި ބައްޕަ ދަރިފުޅާއި ސުވާލުކުރިއެވެ. "ދަރިފުޅާއެވެ! ދަރިފުޅުގެ އަޞްލު މަންމައާއި މިހާރުގެ މަންމައާއި ދެމީހުންގެ ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ 
ޖަވާބުގައި ކުއްޖާ ބުންޏެވެ. "ކުރީގެ މަންމަ ދޮގުހަދައެވެ. މިހާރުގެ މަންމަ ދޮގެއް ނުހަދައެވެ." އެހެން ބުނުމުން ފިރިމީހާއަށް ހީވީ މިހާރުގެ އަނބިމީހާ ދަރިފުޅަށް މާބޮޑަށް ހެޔޮކޮށް ހިތަނީ ކަމަށެވެ. އެހެންވެ އަނބިމީހާއަށް އިނާމުދޭން ވަޤުތުން ނިންމައި ދަރިފުޅާއި ސުވާލުކުރިއެވެ. "ތިއަހެން ތިއަބުނީ ކީއްވެގެން ހެއްޔެވެ؟" 
ކުއްޖާ ބުންޏެވެ. "ބައްޕާއެވެ! ކުރީގެ މަންަމ ބުނާނެއެވެ. މިހާރު މާގިނައިރު ކުޅެވިއްޖެއެވެ. ހުއްތައި ނުލިނަމަ މީރުއެއްޗެއް ކާކަށް ނުދޭނަމެވެ." އެެހްނ ބުނެފައިވެސް މީރު އެއްޗެތި ކާންދެއެވެ. އެހެންވީމާ މަންމަ އެހެދީ ދޮގެއް ނޫންހެއްޔެވެ؟" 
"ދެން މިހާރުގެ މަންމަ ހަދާ ގޮތަކީ ހަމައެހެން ބުނެފައި ކާން ނުދެނީއެވެ. ހަމައެކަނި މީރުއެއްޗެއް ނޫނެވެ. އެއްވެސް އެއް ކާންނުދެނީއެވެ. ބުނަނީވެސް އެއްވެސް އެއްޗެއް ކާނަނުޑޭނެ ކަމަށެވެ. އެހެންވެ މިހާރުވެސް އެއްވެސް އެއްޗެއް ކާން ނުދޭތާ 2 ދުވަސްވެއްޖެއެވެ. ބަނޑުހައިކަން ފިލުވަން ޖެހެނީ ފްރިޖުން ވައްކަންކޮށްގެންނެވެ. އެހެންވީމާ މިހާރުގެ މަންމައަކީ ތެދުހަދާ މީހެއް ނޫންހެއްޔެވެ؟" 
ދަރިފުޅު ދއްކި ވާހަކަ އަޑުއިވުމުން ބައްޕަގެ ސިކުޏދި ދިއައީ ސުމަކަށެވެ. ހަތަރު އުދަރެސް ފެނުޖެހުނެވެ.  އެއީ ކުރިން ބުނިފަދައިން ކައިވެނިކުރިއިރު އަނބިމީހާގެ ކިބައިން އެންމެ ބޮޑަށް ޝަރުޠުކުރުވި ކަމަކީ ދަރިފުޅަށް ހެޔޮކޮށްހިތައި ރަނގަޅަށް ބެލެހެއްޓުން ކަމަށްވާތީއެވެ. 
ބައްޕައަށް ބުނެވުނެވެ. "އެހެންވީމާ ވަރަށް އަވަހަށް އަނެއްކާވެސް ދަރިފުޅަށް ތިއަބުނި ދޮގު ހަދާ މަންމައަކު ލިބޭތޯ މަސައްކަތްކުރާނަމެވެ. ޖަވާބުގައި ދަރިފުޅު ބުންޏެވެ. "އެއިރުން ދޮގުހަދާފައިވެސް ކާންދޭނެތާއެވެ!" 
މިއީ ބޭރު ޤައުމެއްގެ ސޯޝަލްމީޑިއާގައި ގިނަ ބައަކު ޝެއާކޮށް ކޮމެންޓްކޮށްފައިވާ ވާހަކައެކެވެ. ޢިބްރަތްތެރި ބަސްކޮޅެކެވެ. ދޮންމަންމައިންގެ އަތްމައްޗަށް ދަރިން ދޫކޮށްލާފައި ފަރުވާކުޑަކުރާ ބައްޕައިންނަށް ރަނގަޅު ފިލާވަޅެއްކަމަށް ގިނަ ބައަކު ކޮމެންޓްކޮށްފައިވެއެވެ.  
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ