ޕެންޝަން އޮފީހުގެ ބޯޑް މެންބަރު ކަމަށް ދެ ބޭފުޅަކު ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ޕެންޝަން އޮފީހުން ހާމަކުރި ގޮތުގައި އެ އިދާރާގެ ބޯޑްގައި އަމިއްލަ ވިޔަފާރިތައް ތަމްސީލް ކުރައްވާ ބޭފުޅުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ:
ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް: އިނގިރޭސި ވިލާތުގެ ނޮޓިންހަމް ޔުނިވަސީޓި އާއި އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީން އިގްތިސާދާއި ޕޮލިސީ އަދި އެކައުންޓިންގެ ދާއިރާއިން ތައުލީމު ހާސިލްކުރައްވާފައިއޭނާ ވަނީ މީރާގެ ޗެއާޕާސަން ކަމާއި އެމްއެމްއޭގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައި
އަބްދުލް މަޖީދު އަލީ: އަމިއްލަ އޮޑިޓް ފާމެއް ކަމަށްވާ އޮޕްޓިމޯ އެލްއެލްޕީގެ ޕާޓްނަރެއް އަދި 2022 ވަނަ އަހަރު ވެސް ޕެންޝަން ބޯޑުގެ މެންބަރުކަން ކުރެއްވި. ބީއެމްއެލް އާއި ބޭންކް އޮފް ސިލޯންގައި މަސައްކަތް ކުރެއްވާފައިވޭ. ވޭލްސްގެ ކާޑިފް ޔުނިވަސިޓީން އިކޮނޮމިކްސް އާއި ބޭންކިންގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވޭ.
އެބޭފުޅުން ބޯޑަށް އައްޔަން ކުރީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ.
ޕެންޝަން އޮފީހުގެ ބޯޑް އެކުލެވިގެން ވަނީ އަށް މެންބަރުންގެ މައްޗަށެވެ. ޕެންޝަން އޮފީހުގެ ބޯޑްގެ މެންބަރުންގެ ދައުރަކީ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތެވެ.
އެނގުން މުހިންމު - ޕެންޝަން އޮފީހުގެ ބޯޑުގައި ސަރުވަޝް އާއި މަޖީދުގެ އިތުރުން ދެން ތިއްބަވާ ބޭފުޅުންނަކީ:
ޑރ. އަހުމަދު އިނާޒް - ޗެއާޕާސަން
ޝިފާޒާ ވަޖީހު - ސޯޝަލް ސެކިއުރިޓީ ދާއިރާ ތަމްސީލް ކުރައްވާ
ފާތިމަތު އަބްދުﷲ ކަމާލުއްދީން - ސެކިއުރިޓީޒް މާކެޓް ރެގިއުލޭޓާ ތަމްސީލްކުރައްވާ މެންބަރު
އަޝްރަފް ރަޝީދު - ފިނޭންސް މިނިސްޓްރީ ތަމްސީލްކުރައްވާ މެންބަރު
މިޒްނާ މުހައްމަދު - އަމިއްލަ ވިޔަފާރިތައް ތަމްސީލްކުރާ
ޕެންޝަން އޮފީހުގެ ބޯޑަށް ސަރުވަޝް އާއި މަޖީދު ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ